މޯލްޑިވްސް ޕޮލިސް ސާވިސް

ވަކިކުރަން ނިންމާފައިވަނިކޮށް ޕޮލިސް އިންޓެލްގެ ކުރީގެ ހެޑް ޝުހާދު ރިޓަޔާކޮށްފި

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް އަހްމަދު ޝުހާދު ރިޓަޔާާ ކުރައްވައިފި އެވެ.

ފުލުހުންގެ ރިޓަޔަމަންޓް ގަވާއިދުގެ ދަށުން ޝުހާދު ރިޓާޔާކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

ޝުހާދު ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާ އެކު ވަކިވެފައި މިވަނީ ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ޕޮލިސް ބޯޑުން ބެލުމަށްފަހު ވަޒީފާ އިން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރޭގައި ޝުހާދު ހިމަނާފައި ވަނިކޮށެވެ.

ނަމަވެސް ވަޒީފާ އިން ވަކިކުރަން ނިންމި ބައެއް އޮފިސަރުން ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ ބޯޑުގެ ނިންމުން ތަންފީޒު ކުރުން ހުއްޓުވާފަ އެވެ.

ޝުހާދު ވަޒީފާއިން ވަކިކުރަން ނިންމާފައި ވަނިކޮށް އޭނާއަށް ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރުމަށް ފުރުސަތު ލިބުނު ގޮތާ މެދު ފުލުހުންގެ އިދާރާ އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.