ޕޮލިސް ބޯޑް

ޕޮލިސް ބޯޑުގެ ޗެއާ އަކަށް ޝަރީފް

ޕޮލިސް ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ތ. ހިރިލަންދޫ، ގުލްފާމްގެ، އަހްމަދު ޝަރީފް ހަމަޖައްސަން ބޯޑުން ފާސްކޮށްފި އެވެ.

ޕޮލިސް ބޯޑުގެ ވައިސް ޗެއާޕާސަނަކަށް ހަމަޖައްސަން ފާސްކުރީ ހ. ނޫމުތީ، އައިޝަތު ނޫރާ މުހައްމަދު އެވެ.

ޝަރީފް އާއި ނޫރާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޕޮލިސް ބޯޑުގައި ކުރިން ތިއްބެވި ހަތަރު ބޭފުޅަކު މަގާމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ ބޭފުޅުންގެ ގޮތުގައި ބޯޑަށް އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ.

ޝަރީފް އަކީ މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވިއިރު މާލޭ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ޝަރީފް ފުރުއްވި އެވެ.

ރައީސް މުއިއްޒު ވަނީ ފަންނީ ދާއިރާތަކުން ޕޮލިސް ބޯޑަށް އައްޔަންކުރައްވަން ޖެހޭ ތިން ބޭފުޅަކު ވެސް ބޯޑަށް އައްޔަންކުރައްވާފަ އެވެ.

ރައީސް މުއިއްޒު އައްޔަންކުރެއްވި އިތުރު ތިން ބޭފުޅުން

  • އަލީ ނަސީރު ގާސިމް - (ދަފްތަރު. ނަމްބަރު ރސ 535) - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • އަހްމަދު އަޒީމް (ބަގީޗާގެ، ސ. މަރަދޫފޭދޫ) - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • އަހްމަދު ސައުދީ (އަލިމަސްގެ، ހއ. ހޯރަފުށި) - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު

ޕޮލިސް ބޯޑުގައި ތިއްބަވާ އިތުރު ދެ ބޭފުޅުންނަކީ ހ. ޝޭޑީކޯނަރ، ހާމިދު އަބްދުލްޣަފޫރު (ހ.ޝޭޑީކޯނަރ)، ހާމިދު އަބްދުލްޣަފޫރާއި ސ. ހުޅުދޫ، ދެތަނޑިމާގެ، ސަފާ ޝަރީފް އެވެ. މި ދެ ބޭފުޅުންނަކީ އާންމު ރައްޔިތުންގެ ތެރެއިން ބޯޑުގައި އިންނެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދެއްވި ދެ ބޭފުޅުންނެވެ.