އެންސްޕާ

އެންސްޕާއިން އެކަނިވެރި މައިންނާއި ބަފައިނަށް 48 މިލިއަން ރުފިޔާ

2019 ވަނަ އަހަރު ސިއްހީ އިންޝުއަރެންސް ސްކީމަށްފަހު އެންސްޕާއިން ދެވަނަ އަށް އެންމެ ބޮޑު ހަރަދުކޮށްފައިވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީއަަށް ކަމަަށް، އޮޑިޓް އޮފީހުން ނެރުނު އެންސްޕާގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އެގޮތުން ފަގީރު ހާލުގައި އެކަނި ކުދިން ބަލާ މައިންނާއި ބަފައިނަށް އެންސްޕާއިން 2019 ވަނަ އަހަރު 48 މިލިއަން ރުފިޔާ ދީފައިވެ އެވެ.

ސިއްހީ އިންޝުއަރެންސުގެ އަގު ދެއްކުމަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އާސަންދައިން ކަވަރު ނުކުރާ ސިއްހީ އެހީތެރިކަމުގެ ތެރެއިން ރާއްޖޭގައި ބޭސް ފަރުވާކުރި މީހުންނަށް 50 މިލިއަން އަދި ރާއްޖޭން ބޭރުން ފަރުވާ ކުރި މީހުންނަށް 48 މިލިއަން ރުފިޔާގެ އެހީ ދީފައިވެ އެވެ.

2008 ވަނަ އަހަރު އުފައްދާފައިވާ ނެޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ މައިގަނޑު މަސައްކަތަކީ ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ.

އެންސްޕާ އިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
  • ފަގީރު ހާލުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
  • ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް
  • ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
  • އިޖުތިމާއީ ސިއްޙީ އިންޝުއަރެންސް ސްކީމް