އެގްރޯ ނޭޝަނަލް ކޯޕަރޭޝަން

އެގްރޯ ކުންފުނީގެ ކިއުކަމްބާ ބާޒާރަށް ނެރެނީ

Dec 28, 2022

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން އަލަށް ހައްދަން ފެށި ރިޗަސް ކިއުކަމްބާ ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

އެގްރޯ އިން ބުނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން ކޮންމެ ހަފުތާއަކު ދެ ޓަނު ކިއުކަމްބާ ބާޒާރަށް ނެރެވޭ ވަރަށް ކިއުކަމްބާ ހައްދާފައިވާ ކަމަށެވެ.

ރިޗަސް ކިއުކަމްބާ ހައްދާފައި ވަނީ އެގްރޯނެޓްގެ ސީދާ ބެލުމުގެ ދަށުން ލ. ގާދޫގަ އެވެ. އެރަށުގައި 21،000 އަކަފޫޓުގެ 10 ދަނޑުގައި މައިގަނޑު ގޮތެއްގައި ހައްދާފައިވަނީ ރިޗަސް ކިޔުކަންބާ އެވެ.

އެގްރޯ އިން ބުނީ ކިއުކަމްބާ އަކީ ރާއްޖޭގެ ރިސޯޓްތަކާއި އާންމުންނަށް ވެސް ގިނަ އަދަދަކަށް ބޭނުންވާ ބާވަތެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ ކިއުކަމްބާ އުފައްދަނީ ވެސް ހާއްސަ ސަމާލުކަމެއް ދީގެން ރަނގަޅު ފެންވަރެއްގައި ކަމަށްވެސް ބުންޏެވެ.

އަންނަ މަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކިއުކަމްބާ ހޯލްސޭލްކޮށް ގަންނަން މީހުންނާއި ރިސޯޓުތަކަށް މިހާރު ޕްރީއޯޑާ ކުރެވޭނެ ކަމަށްވެސް އެގްރޯ އިން ބުނެފައިވެ އެވެ.