ޓޫރިޒަމް

ފިތޫރް ފެއާގެ އެންމެ ކުރީގައި ރާއްޖެ

  • ފިތޫރު ފެއާގެ އެންމެ ބޮޑު ސްޓޯލް ހުރީ ރާއްޖޭގެ
  • ސްޕެއިން މާކެޓު މިދިޔަ އަހަރު 15 ޕަސެންޓް އިތުރުވި
  • މި ފެއާގައި ގިނަ ގައުމުތަކެެއް ބައިވެރިވޭ

ސްޕެއިންގައި މިހާރު ކުރިޔަށް ދާ "ފިތޫރު ފެއާގައި" ފަތުރުވެރިންގެ މަންޒިލްތަކުގެ ތެރެއިން އެންމެ ކުރީގައި ރާއްޖެ ހިމެނިއްޖެ އެވެ.

ފިތޫރު ފެއާއަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ގައުމުތައް އެއްތަނަކަށް ޖަމާވެ، ގުޅުން ބަދަހިކޮށް ވިޔަފާރި އާއި ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ އަށް އަންނަ ފަހުގެ ބަދަލުތަކާއި މެދު މަޝްވަރާކޮށް މައުލޫމާތު ހޯދަން ބާއްވާ ބޮޑު ފެއާއެކެވެ. މި ފެއާގައި ޕޯޗުގަލް އާއި މެކްސިކޯ އަދި ބްރެޒިލް އާއި ކޮލަމްބިއާ ފަދަ ގައުމުތަކާއެކު ވިޔަފާރީގެ މަޝްވަރާ ކުރަން ރާއްޖެއަށް ފުރުސަތު ލިބެ އެވެ.

މި ފެއާގައި ހިމެނޭ ދުނިޔޭގެ ބޮޑެތި ފަތުރުވެރިންގެ މަންޒިލްތަކު ތެރެއިން އެންމެ ކުރީސަފުގައި އުޅެނީ ރާއްޖެ އެވެ. މިފެއާގައި ރާއްޖޭގެ ހިތް ގައިމު މަންޒަރުތައް ދައްކުވައިދީ ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ހިދުމަތްތަށް އިޝްތިހާރު ކުރުމަށް 65 އަކަފޫޓުގެ ބޮޑު ޖާގަ ދީފައިވެ އެވެ.

މި އަހަރުގެ ފެއާ ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ފެއާ ނިމޭނ މާދަމާގެ ނިޔަލަށެވެ.

ވޭތުވެ ދިޔަ ތިން އަހަރުތެރޭގައި ރާއްޖެއަށް އަންނަ ސްޕެއިން ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2014 ވަނަ އަހަރާއި އަޅާ ބަލާއިރު މިދިޔަ އަހަރު ނޮވެމްބަރު މަހާ ހަމަޔަށް އެ ގައުމު ރާއްޖެ 16,273 އަށް ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ 15.6 ޕަސެންޓުގެ އިތުރުވެފަ އެވެ. ރާއްޖޭ ޓޫރިޒަމް ދާއިރާގެ 1.5 ޕަސެންޓް ހިއްސާ ކުރަނީ ސްޕެއިން މާކެޓުންނެވެ.