މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

=

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެކްރެޑިޓޭޝަނާ ހިލާފަށް އެވިޑް ކޮލެޖުން ކޯސް ތަކެއް އިޝްތިހާރު ކުރާތީ އެކަން އެމްކިއުއޭއިން އާންމުންގެ ސަމާލުކަމަށް ގެނެސްފި އެވެ.

އެމްކިއުއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެވިޑް ކޮލެޖުގެ އިންސްޓަގްރާމް ޕޭޖުގައި އިޝްތިހާރު ކޮށްފައިވާ ދެ ކޯހެއް، އެ އިޝްތިހާރުކޮށްފައިވާ ގޮތަށް އެމްކިއުއޭއިން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

އެމްކިއުއޭ އިން ބުނާ ފުރަތަމަ ކޯހަކީ ހަތަރުމަސް ދުވަހުގެ ތެރޭގައި ލެވެލް 5 ގެ ސެޓްފިކެޓް ލިބޭ ކަމަށް އިޝްތިހާރުކޮށްފައިވާ "އޭސީސީއޭ އެޕްލައިޑް ނޮލެޖް" ކޯހެވެ. ދެވަނަ ކޯހަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގަން އިޝްތިހާރުކޮށްފައިވާ ލެވެލް 8 ގެ "އޭސީސީއޭ ސްޓްރެޓެޖިކް ޕްރޮފެޝަނަލް" ކޯހެވެ.

އެމްކިއުއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނީ މިދެކޯސް އެކްރެޑިޓް ނުކޮށްދޭ ކަމަށެވެ.

އެމްކިއުއޭގެ ގަވައިދުގައި އޮންނަ ގޮތުން ކޯސްތަކުގެ މުއްދަތު ކަނޑައަޅަންވާނީ، އެމްކިއުއޭ އިން ޝާއިއު ކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާކްއާ އެއްގޮތްވާ ގޮތަށެވެ. ކޮލިފިކޭޝަން ފްރޭމް ވޯކުގައި، ލެެވެލް ފަހެއްގެ ކޯހެއް ހަތަރު މަސްދުވަހުން ހެދޭގޮތަކަށް ނޯވެ އެވެ.