ކްރޫޒް ލައިނާ

ކްރޫޒްލައިނާގައި ޖަޕާންގެ 200 ފަތުރުވެރިން މާލެއަށް

Dec 30, 2022

ޖަޕާންގެ 220 ފަތުރުވެރިންނާއެކު އެ ގައުމުގެ "ނިޕޯން މަރޫ" ކްރޫޒް ލައިނާ ރާއްޖެ އައިސްފި އެވެ.

މިއީ ކޮވިޑް 19 އަށް ފަހު ކްރޫޒްލައިނާއެއްގައި ޖަޕާންގެ ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަހަރެވެ.

ޖަޕާންގެ ފަތުރުވެރިން މިއަދު މާލެއަށް ޒިޔާރަތްކުރުމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެ މިނިސްޓްރީގެ އިސްވެރިން ވަނީ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ޖަޕާނަކީ ރާއްޖެއަށް ވަރަށް މުހިއްމު މާކެޓެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޖަޕާންގެ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރޫޒްލައިނާ މާކެޓަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ. އެހެންވެ ކްރޫޒްލައިނާ ތަކުގައި މާލެ އަންނަ ފަތުރުވެރިން ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މާލެއަށް އެންމެ ފަހުން ކްރޫޒުލައިނާއެއް އައި މިމަހުގެ ފަސްވަނަ ދުވަހު އެެވެ. އޭގައި ރާއްޖެއަށް އައި 600 އެއްހާ ފަތުރުވެރިން މާލެއަށް ފޭބި އެވެ.