އެވިޑް ކޮލެޖް

ކޯހަކީ އެކްރެޑިޓް ކޮށްދޭ ކޯހެއް، އިޝްތިހާރުގައި ޖެހުނީ ކުށެއް: އެވިޑް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރެޑިޓޭޝަނާ ހިލާފަށް އެވިޑް ކޮލެޖުން ކޯސް ތަކެއް އިޝްތިހާރު ކުރި ކަމަށް ބުނެ އެމްކިއުއޭއިން ނޫސްބަޔާން ނެރުނީ އެ ކޯސް އިޝްތިހާރުކުރުމުގައި ލިޔެވިފައިވާ ކުށެއް އިސްލާހުކުރުމަށް ފުރުސަތު ނުދީ ކަމަށް އެވިޑު ކޮލެޖުން ބުނެފި އެވެ.

އެވިޑް ކޮލެޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްކިއުއޭއިން އެކްރެޑިޓޭޝަނާ ހިލާފު ކަމަށް ބުނެފައިވާ ދެ ކޯހަކީ އެކްރެޑިޓްވާ ކޯސް ތަކެއް ކަމުގަ އެވެ.

އެމްކިއުއޭއިން ބުނެފައިވާ ދެ ކޯސް ކަމަށްވާ " އޭސީސީއޭ އެޕްލައިޑް ނޮލެޖް" އަކީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ ލެވެލް ފަހެއްގެ ކޯހެއް ކަމާއި، "އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ޕްރޮގްރާމް" އަކީ ތިން އަހަރު ދުވަހަށް ހިންގާ ލެެވެލް ހަތެއްގެ ޕްރޮގްރާމެއް ކަމަށްވެސް އެވިޑުން ބުންޏެވެ.
.
އެވިޑުން ބުނީ މި ދެ ޕްރޮގްރާމަކީ ވެސް އެމްކިއުއޭ އިން އެކްރެޑިޓްކޮށް، ހިންގަން ހުއްދަ ދީފައިވާ ކޯސްތަކެއް ކަމަށެވެ.

https://avas.mv/126535

ދިމާވި މައްސަަލައަކީ އެ ކޯސް އިޝްތިހާރުކުރުމުގައި ލިޔެވިފައިވާ ކުށް، ސަމާލުކަމަށް ނައިސް އިޝްތިހާރުވުން ކަމުގައި އެވިޑުން ބުންޏެވެ. އެކަމާމެދު މައާފަށް އެދޭކަމުގައިވެސް އެވިޑުން ބުނެފައިވެ އެވެ.

އެ އިޝްތިހާރަކީ ގޯސް ނިޔަތެއްގައި ކޮށްފާއިވާ އިޝްތިހާރެއްކަން ދޭހަވާ ގޮތަށް އެމްކިއުއޭއިން ނޫސްބަޔާން ނެރެފައިވާތީ ހިތާމަކުރާކަމުގައިވެސް އެވިޑް ކޮލެޖުން ބުނެފައިވެ އެވެ.