ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގޮންޖެހުންތަކާ އެކުވެސް އެތައް ކަމެއް ހާސިލްވި: ރައީސް

Jan 1, 2023
2

ގޮންޖެހުންތަކާ އެކުވެސް ނިމިގެންދިޔަ އަހަރު ހާސިލްކުރެވުނު ކަންކަމާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ ނިމިގެން ދިޔަ އަހަރަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށެވެ. އެކަމަކު ގިނަ ކަންތައްތަކެއް ހާސިލްވި ކަމުގައި ވިދާޅުވި އެވެ.

މިއަދު ފެށުނު އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އާ އަހަރާ އެކު ލިބޭ އާ ފުރުސަތުތަކަށް އިންތިޒާރު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ނިމިގެން ދިޔަ އަަހަރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމަނިކުފާނުގެ ޕާޓީ -- އެމްޑީޕީ ވަރަށް ބޮޑަށް ދެބައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާ ދެކޮޅަށް ތެދުވެ ރައީސް ސޯލިހަށް ފާޑުވިދާޅުވާން ފެއްޓެވުމެވެ.

ރައީސްގެ ދެކަނބަލުން އާ އަހަރުގެ ހެޔޮ ތަހުނިޔާ ފޮނުއްވިއިރު ރައީސްގެ ދެކަނބަލުން އާ އަހަރު ފާހަގަކުރެއްވުމަށް މިވަގުތު ތިއްބެވީ ސްރީލަންކާގަ އެވެ.