ރޯދައޭ..

ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދޭން ކަރާ ވަރެއްނެތް

ކަރާ. މިއީ ފެން ގިނަ މޭވާއެއް
0%
0%
0%

ކަރާއަކީ ދިވެހިންގެ މެދުގައި ރޯދަ މަހަށް ހާއްސަ އަދި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ މޭވާއެކެވެ. އެއް ޖޯޑު ކަރާގައި 46 ކެލޮރީ ހުރެ އެވެ. އެހެންކަމުން މިއީ ކެލޮރީ ދަށް މޭވާއެކެވެ.

ނިއުޓްރިއެންޓްސް

ކަރާއިން ވިޓަމިން އޭ އާއި ސީ ލިބެ އެވެ. ޖޯޑެއްގެ ކަރާއިން މީހަކަށް ދުވާލަކަށް ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 14 ޕަސެންޓް އަދި ވިޓަމިން އޭ ގެ ފަސް ޕަސެންޓް ލިބެ އެވެ.

އޭގެ އިތުރުން މީހަކަށް ދުވާލަކަށް ޕޮޓޭސިއަމް އަދި މެގްނީސިއަމް ބޭނުންވާ މިންވަރުގެ ހަތަރު ޕަސެންޓް ލިބެ އެވެ. އެއް ޖޯޑު ކަރާގައި 0.6 ގްރާމްސް ފައިބަ، 9.4 ގްރާމްސް ހަކުރު، 0.9 ގްރާމް ޕްރޮޓީން އަދި 0.2 ގްރާމް ފެޓް ހިމެނެ އެވެ.

ޖޯޑެއްގެ ކަރާ.

ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދޭ

ހަށިގަނޑު ފުރިހަމައަށް މަސައްކަތްކުރުމަށް އެކަށީގެންވާ މިންވަރަށް ފެން ބޭނުންވެއެވެ. ފެން ގިނައިން ހުންނަ ކާނާއިންވެސް ހަށިގަނޑަށް ފެން ފޯރުކޮށްދެއެވެ.

ކަރާގެ 92 ޕަސެންޓަކީ ފެނެވެ. ރޯދަ މަހު މުޅި ދުވަހު ކެއިންބުއިމުން ދުރުހެލިވެ ތިބޭއިރު ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަރާ ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އެވެ. އޭގެ އިތުރުން ބަރުދަން ލުއިކުރުމަށްވެސް ކަރާއަކީ ބޭނުންކުރެވިދާނެ މޭވާއެކެވެ.

ހިތުގެ ދުޅަހެޔޮކަމަށް

ހިތުގެ ތަފާތު އެކި ބަލިތަކުގައި މަރުވާ މީހުންގެ އަދަދު ގިނަ އެވެ. ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މިންވަރު ކޮންޓްރޯލް ކުރުމަކީ ހާޓް އެޓޭކް އާއި ސްޓްރޯކްގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ކަރާގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދިނުމަށާއި ލޭ މައްޗަށް ދިއުން ދަށްކުރުމަށް އެހީވެދެ އެވެ.

ކަރާ ފަނި. ކަރާ ފަންޏަކީ ރޯދަ މަހަށް ދިވެހިންގެ މެދުގައި މަގުބޫލު ބުއިމެއް

ހަޖަމުކުރަން އެހީވެދޭ

ހަޖަމްކުރުމުގެ މައްސަލަ ހުންނަނަމަ ކެއުމުގައި ކަރާ ހިމެނިދާނެ އެވެ. ކަރާއަކީ އޭގައި ގިނައިން ފެން އެކުލެވޭ އަދި ފައިބާ މަދު މޭވާއެކެވެ. ދުޅަހެޔޮ ހަޖަމުކުރުމަކަށް މިއީ ކޮންމެހެން ބޭނުން ދެ ކަމެވެ.

ލޮލުގެ ދުޅަހެޔޮކަމަށް

ކަރާއަކީ ހަށިގަނޑަށް ވިޓަމިން އޭ ފޯރުކޮށްދޭ މޭވާއެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ދުޅަހެޔޮކަމަށް ހަށިގަނޑަށް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިން އާއި މިނަރަލްސް ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު އެއްގޮތަކީ ތާޒާ މާވާ އާއި ތަރުކާރީއިންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345