މޯލްޑިވްސް ޕޮލިސް ސާވިސް

ދެ ކޭސް ބަނގުރާ ހިފައިގެން ދަނިކޮށް އެކްސިޑެންޓް ވުމުން ފިލައިފި

ބަނގުރާ ދެ ކޭސް ހިފައިގެން ދިޔަ ދެ މީހަކު އެކްސިޑެންޓް ވުމުން ފިލައިފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އެކްސިޑެންޓް ހިނގީ ސައިކަލެއްގައި ބަނގުރަލުގެ ދެ ކޭސް ހިފައިގެން ދެ މީހަކު ހުޅުމާލޭގެ މަގަކުން ދަނިކޮށެވެ.

މަގުމަތި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނިފައި ސައިކަލުގައި ދިޔަ ދެ މީހުން ބާރަށް ދުއްވާލި ވަގުތު އެމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:21 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ ސައިކަލުގައި ދިޔަ ދެ މީހުންގެ އަތުގައި ބަނގުރާ ދެ ކޭސް އޮތް ކަމަށެވެ. އަދި އެކްސިޑެންޓް ވުމުން މި ދެ މީހުން ވަނީ ފިލީ ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.