ފިޔޯރީ

ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގދ. ފިޔޮރީ ސްކޫލުގެ ބާ އިމާރާތުގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ފިޔޮރީން ވާހަކަ ދެއްކި މީހަކު ވަނީ އަވަސްއަށް މައުލޫމާތު ދީފަ އެވެ.
އަލިފާން ރޯވެފައިވަނީ ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފުލުހުންނާ އާންމުން ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގދ. ތިނަދޫ ފަޔާ ސްޓޭޝަނުން އެ ރަށަށް ދިޔުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށެވެ. އެ ރަށަށް ދިޔުމަށް ގާތްގަނޑަކަށް 45 މިނެޓް ނަގާނެ ކަމަށްވެސް ބުނެފައިވެ އެވެ.