ދުނިޔެ

ނިއުޔޯކާއި ވޮޝިންޓަނަށް ސްނޯގެ ބޮޑު ތޫފާނެއް އަރައިފި

އެމެރިކާގެ ނިއު ޔޯކް އަދި ވޮޝިންޓަން އަށް ނުރައްކާތެރި ސްނޯގެ ތޫފަނަކާއި ކުރިމަތި ވެއްޖެ އެވެ. 1869ގެ ފަހުން އެގައުމަށް ތިން ވަނަ ފަހަރަށް ސްނޯ ފޭބި އަހަރަށް މިއަހަރު ވެގެންދާއިރު އެދެ ސިޓީ މިހާރު އޮތީ މުޅިން ހެން ހުއްޓުމަކަށް އައިސްފަ އެވެ.

އެގޮތުން 10،100 ފްލައިޓް ކެންސަލްކޮށްފައިވާއިރު ރެއިލް އަދި ބަހުގެ ހިދުމަތްތައްވެސް ވަނީ ހުއްޓާލާފަ އެވެ. އަދި އާއްމުންވެސް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

މި ސްނޯގެ އަސަރު 85 މިލިއަން މީހުންނަށް ކުރާއިރު މިހާތަނަށް 18 މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އޮފިޝަލުން ވިދާޅުވީ ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 11 ސްޓޭޓަކަށް ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ކަމަށާއި ދެ ލައްކަ އަށް ވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫވެފަ ވާ ކަމަށެވެ. އެހެން ކަމުން ނޭޝަނަލް ގާޑުގެ 2،200 ސިފައިން ވަނީ ނެރެފަ އެެވެ.

މި ތޫފާންގެ ސަބަބުން މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެގައުމުގެ ފުލުހުން ބުނީ އާއްމުން މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށާއި މަގުތަކުގައި ދަތުރު ކުރެވޭނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަދި ހުއްދަނެތި މަގުމަތީގައި އުޅޭ ފަރާތްތައް ހައްޔަރުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިއްޔެއިން ފެށިގެން މެދުކެނޑުމެއްނެތި ސްނޯ ފައިބަމުން ދާތީ ވޮޝިންޓަނަށް 22.2 އިންޗި (56 ސެންޓިމީޓަރު) އަށް ސްނޯ ފައިބާފައެވެ އަދި ނިއު ޔޯކް އަށް 25.1 އިންޗި އަަށް ވަނީ ސްނޯ ފައިބައިފަ އެވެ.

މި ސްނޯގެ ތޫފާނުގެ ސަބަބުން ވޮޝިންޓަނަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.