އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އެމީހުންގެ ދަރިފުޅު ބެލުމުގެ ޒިންމާއިން ބްރޭކެއް ނަގައި ފުޓުބޯޅަ މެޗެއް ބަލާލަން ގޮސް ތިއްބާ އިއްޔެ ވަނީ ފެނިފަ އެވެ.
މި މެޗަކީ ރަންބީރުގެ ބޮޑު ހިއްސާއެއް އޮންނަ އޭނާގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ މުމްބައި ސިޓީ އެފްސީ އާއި އެހެން ޓީމަކާ ކުޅުނު މެޗެކެވެ.
މި ދެ މީހުން މެޗު ބަލަން ތިއްބާ ނަގާފައިވާ ވީޑީއޯއެއް މިހާރު ވައިރަލް ވެގެން އުޅެނީ މުޅިން ތަފާތު ސަބަބަކާ ހެދި އެވެ. އެއީ ރަންބީރުގެ ފޭނެއް އައިސް ރަންބީރުއާ ސަލާން ކޮށްލުމުން އާލިއާގެ މޫނަށް ވީ ގޮތުންނެވެ. ވީޑިއޯ ބެލި މީހުން ކުރި ކޮމެންޓުތަކުގައި ބުނެފައިވަނީ އާލިއާ އެކަމާ ވަރަށް ހަސަދަވެރިވި ކަމަށެވެ.
މި ވީޑީއޯ އިން ފެންނަނީ އާލިއާ އާއި ރަންބީރު މެޗު ބަލަން ތިއްބާ ޒުވާން އަންހެނަކު އައިސް ރަންބީރު އާ ވާހަކަ ދައްކާ ސަލާން ކުރާ ތަނެވެ.
ވީޑީއޯއިން އަންހެން މީހާ އެހާ ރީތިކޮށެއް ނުފެނެ އެވެ. ނަމަވެސް އެމީހާ ދިއުމާއެކު ރަންބީރުއާ ކައިރިއަށް އާލިއާ ޖެހިލާ ގޮތުން އޭނާ ޖެލަސް ވީކަމަށް ބައެއް މީހުންނަށް ހީކުރެވުނީ އެވެ.
އެއްބަޔަކު ބުނީ ފިރިމީހާ އެހެން މީހަކާ ސަލާން ކުރުމަކީ އާލިއާ ކުޑަކޮށް ހިތްހަމަނުޖެހުނު ކަމެއްކަން ވީޑިއޯ އިން ދޭހަވާ ކަމަށެވެ. ދެވަނަ މީހަކު ބުނީ އެއީ ވަރަށް ރޫޑްކޮށް އޭނާ ކުރި ކަމެއް ކަމަށެވެ.
ކޮމެންޓު ކުރި ބައެއް މީހުން ބުނީ ރަންބީރުގެ ގައިގައި އާލިއާ ތަތްވެގެން އިން ވަރު ފެނިފައި ވެސް އޭނާއަށް އެ އަންހެން މީހާގެ ފަރާތުން ނުރައްކަލެއް އޮތް ކަމަށް ހީވެފައި އިން ކަމަށް ލަފާ ކުރެވެ އެވެ. އަދި މިގޮތަށް ތަތްވެގެން ތިބޭނީ އެފަދަ އަންހެނުން ކަމަށްވެސް ކޮމެންޓްތަކުގައި ވެއެވެ.
"ރަންބީރު ފިލާ ރައްކާވެދާނެތީ އޭނާ އެގޮތަށް ތަތްކޮށްގެން އެ އިނީ،" އާޝީޝް ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.