މިނިސްޓްރީ އޮފް ޓޫރިޒަމް

މިދިޔަ އަހަރު ފަސް ރިސޯޓު ހުޅުވި، މިއަހަރު ނުވައެއް ހުޅުވާނެ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި ފަސް ރިސޯޓެއް ހުޅުވައިފައިވެ އެވެ.

ރާއްޖޭގެ ތިން އަތޮޅެއްގައި މިދިޔަ އަހަރު ހުޅުވި ފަސް ރިސޯޓުގެ ތެރޭގައި ހިމެނެނީ ކ. އަތޮޅުގައި ހުޅުވާފައިވާ ތިން ރިސޯޓަކާއި މ. އަތޮޅުގައި ހުޅުވި ރިސޯޓަކާއި ރ. އަތޮޅުގައި ހުޅުވި ރިސޯޓެކެވެ.

ކ. އަތޮޅުގައި ހުޅުވާފައިވާ ތިން ރިސޯޓަކީ ކ. އާނުގަނޑު އައިލެންޑާއި ކ. ހިލްޓަން މޯލްޑިވްސް އަމީންގިރި އާއި ކ. އޯގަ އާޓް ރިސޯޓެވެ. ދެން ހުޅުވާފައިވަނީ ރ. އަލީލާ ކޮތައިފަރު މޯލްޑިވްސް އާއި މ. މަޑިފުށި ޕްރައިވެޓް އައިލެންޑެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވަނީ ނުވަ ރިސޯޓެކެވެ. މީގެ ތެރޭގައި ބ. އަތޮޅުގެ ދެ ރިސޯޓަކާއި ކ. އަތޮޅުގެ ދެ ރިސޯޓަކާއި ޅ. އަތޮޅުގެ ދެ ރިސޯޓަކާއި ރ، ވ. އަދި އދ. އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން އެއް ރިސޯޓް ހިމެނެ އެވެ.

މި ރިސޯޓުތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކުރި ކ. ކަސަންފަރުގައި ހަދާ ރިސޯޓް ހިމެނެ އެވެ.

މިއަހަރު ހުޅުވާ ނުވަ ރިސޯޓު

1
 

ބ. ފަރެސް ރިސޯޓް ބ. ބޮޑު ފިނޮޅުގައި ހަދާ ރިސޯޓް ރ. ކުޑަކުރަތުގައި ހަދާ ރިސޯޓް އދ. ބޮޑުފިނޮޅު ކ. ފޭދޫ ފިނޮޅު ކ. ކަސަންފަރުގައި ހަދާ ރިސޯޓް ޅ. މާބިންހުރާ ޅ. ދެރުފޮނޮޅު ވ. ކުނާވަށި

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި 172 ހުރިއިރު އޭގެ ތެރެއިން ހިންގަމުންދަނީ 168 ރިސޯޓެވެ. 168 ރިސޯޓްގައި ފަތުރުވެރިކަމަށް 41،049 އެނދު ދަނީ ފަތުރުވެރިކަމަށް ބޭނުން ކުރަމުންނެވެ.