އެމްއެންޑީއެފް

އީވްނިންގް ކެފޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި

މާފަންނު އޯކިޑްމަގުގައި ހުންނަ އިވްނިންގް ކެފޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި އެވެ.

އީވްނިންގް ކެފޭގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު އިރުއޮއްސި 6:12ގަ އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ އީވްނިން ކެފޭގެ ބަދިގޭގަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން އަލިފާން ރޯވެ ވަރަށް ބޮޑަށް ދުންގަނޑު ފެތުރުނެވެ.

އަލިފާން ރޯވި ކެފޭ ކައިރީގައި ހުރި ގެތަކުން މީހުން ވަނީ ހުސްކޮށްފަ އެވެ. ދުމުގެ އަސަރުކުރުމުން ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އަލިފާން ނިއްވުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

މާލޭގައި ހުރި ކެފޭއެއްގައި އަލިފާން ރޯވެފައިވާއިރު މިމަހުގެ ނުވަ ވަނަ ދުވަހު ހެނދުނު މާލޭ ނީލަން ފިހާރައިގައި ވަނީ އަލިފާން ރޯވެ އެތަން އަނދާ ހުލިވެފަ އެވެ.

މާލެ އާއި އަތޮޅުތަކުގައި މިފަހުން ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ވިދާޅުވެފަ އެވެ.