ޔޫރަޕިއަން ޔޫނިއަނުން ނުވަތަ އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ މާލީ އެހީ ބޭނުންކޮށްގެން އިޒްރޭލުން ހުޅަނގު އައްސޭރީގައި ބިނާކޮށްފައި ހުރި ގެތައް ތަޅާލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ.
ޔޫރަޕިއަން ކޮމިޝަނާ ފޮ ކްރައިސިސް މެނޭޖްމަންޓް ޔަނަޒް ލެނާޗިޗް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިޒްރޭލުން ތަޅާލި ގެތަކަށް ފައިސާ ދެއްކުމަށް ބްރަސެލްސްއިން ތަކުރާރުކޮށް އެ ގައުމަށް އަންގާފައިވާ ކަމަށެވެ.
އިޒްރޭލުގެ ނޫސްތަކުގައި ވެސް ވަނީ މި ޚަބަރު ޖަހާފަ އެވެ. ލެނާޗިޗްއާ ހަވާދީ ނޫސްތަކުގައި ޖަހާފައިވާ ގޮތުގައި ޔޫރަޕްގެ ޕާލަމެންޓްގެ 24 މެމްބަރަކު ވެސް ވަނީ ކްރައިސިސް މެނޭޖްމަންޓް ކޮމިޝަނަށް ސިޓީއެއް ފޮނުވައި އިޒްރޭލުން ބަދަލު ހޯދަން މަަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ހުޅަނގު ސަހަރާގައި އީޔޫ އިން ބިނާ ބިނާކޮށްދިން ގެތައް ތަޅާލުމުން ދެން ކަންވާނެ ގޮތާ މެދު އިޒްރޭލުން ވިސްނާފައި ނުވާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އަދި ބައެއްގެ ހައްގަށް އަރައިގަނެ އިންސާނިއްޔަތުން ނިގުޅައިގަތުން އެއީ ކިހާވަރެއްގެ ކަމެއް ކަމާ މެދު އިޒްރޭލުން ވިސްނާލާފައި ނުވާ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.
ޔޫރަޕިއަން ޔޫނިއަނުން ނުވަތަ އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ މާލީ އެހީ ބޭނުންކޮށްގެން އިޒްރޭލުގެ ހުޅަނގު އައްސޭރީގައި ބިނާކޮށްފައި ހުރި ގެތައް ތަޅާލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ.
ޔޫރަޕިއަން ކޮމިޝަނާ ފޮ ކްރައިސިސް މެނޭޖްމަންޓް ޔަނަޒް ލެނާޗިޗް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިޒްރޭލުން ތަޅާލި ގެތަކަށް ފައިސާ ދެއްކުމަށް ބްރަސެލްސްއިން ތަކުރާރުކޮށް އެ ގައުމަށް އަންގާފައިވާ ކަމަށެވެ.
އިޒްރޭލުގެ ނޫސްތަކުގައި ވެސް ވަނީ މި ޚަބަރު ޖަހާފަ އެވެ. ލެނާޗިޗްއާ ހަވާދީ ނޫސްތަކުގައި ޖަހާވައިވާ ގޮތުގައި ޔޫރަޕްގެ ޕާލަމެންޓްގެ 24 މެމްބަރަކު ވެސް ވަނީ ކްރައިސިސް މެނޭޖްމަންޓް ކޮމިޝަނަށް ސިޓީއެއް ފޮނުވައި އިޒްރޭލުން ބަދަލު ހޯދަން މަަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ހުޅަނގު ސަހަރާގައި އީޔޫ އިން ބިނާ ބިނާކޮށްދިން ގެތައް ތަޅާލުމުން ދެން ކަންވާނެ ގޮތާ މެދު އިޒްރޭލުން ވިސްނާފައި ނުވާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އަދި ބައެއްގެ ހައްގަށް އަރައިގަނެ އިންސާނިއްޔަތުން ނިގުޅައިގަތުން އެއީ ކިހާވަރެއްގެ ކަމެއް ކަމާ މެދު އިޒްރޭލުން ވިސްނާލާފައި ނުވާ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.
ލެނާޗިޗް ވިދާޅުވި ގޮތުގައި ފަލަސްތީން ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަކީ ޔޫރަޕިއަން ޔޫނިއަން ސަޕޯޓްކުރާނެ ކަމެއް ނޫނެވެ. އަދި ފަލަސްތީން މީހުންގެ މުދާތައް ފޭރިގަނެ ހައްގުތައް ހިފެހެއްޓުމަކީ ޔޫރަޕިއަން ޔޫނިއަނުން ތާއީދުކުރާ ކަމެއް ނޫން ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.
އިޒްރޭލުގެ ބަދަލު ހޯދަން ޖެހެނީ ސިޔާސީ އަދި ޑިޕްލޮމެޓިކް އުސޫތަކުގެ ތެރެއިން ކަމަށް ލެނާޗިޗް ވިދާޅުވި އެވެ. އެހެންކަމުން އިޒްރޭލުން ގެއްލުންދީފައި ހުރި މިންވަރު ދެނެގަތުމަށް ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް އެ ސަރަހައްދަށް ދަތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.