ކުޑަކުދިންނަށް ހާއްސަ ދެ ބޭހެއްގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ސަމާލުވުމަށް އަންގާފައިވަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާ އެމްބޮރޮނޮލް ކަފް ސިރަޕާއި ޑޮކް-1 މެކްސް ކިޔާ ބޭހަކަށެވެ.
ދިޔާ ބޭހެއްގެ ގޮތުގައި ބޭނުންކުރާ މި ދެ ބޭހަކީ ރާއްޖެއަށް އާންމުކޮށް އެތެރެކުރުމުގެ ހުއްދަ އޮންނަ ދެ ބޭހެއް ނޫނެވެ. އެކަމަކު މި ދެ ބޭހަކީ ޑޮކްޓަރު ބޭސް ސިޓީގައި ލިޔެދީގެން ރާއްޖެއަށް އެތެރެކުރެވިދާނެ ބޭސްތަކަކަށްވާތީ ސަމާލުވާންޖެހޭ ކަމަށްވެސް އިއުލާންގައިވެ އެވެ.
ރާއްޖޭގެ ބަނދަރުތަކުން މި ބޭސް އެތެރެވޭތޯ ހާއްސަ ގޮތަކަށް ބަލާނެ ކަމަށްވެސް ބުނެފައިވެ އެވެެ.
މި ދެ ބޭހުގައި ހުރި ނުރައްކާތެރި މާއްދާތައް ދުނިޔޭގެ ސަމާލުކަމަށް އައީ މި ދެ ބޭސް ބޭނުންކުރި އުޒްބެކިސްތާނުގެ ކުޑަކުދިންތަކެއް މަރުވި ހާދިސާއަށް ފަހު އެވެ.