އެމްއެންޑީއެފް

ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފުމަށްފަހު ދޫކޮށްލައިފި

Jan 13, 2023
1

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ. ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފުމަށްފަހު އެ ރަށާ ދުރުން ކަނޑުގެ ސަރަހައްދަށް ދޫކޮށްލައިފި އެވެ.

ސިފައިންގެއިން ބުނީ ބޮލިދުއްފަރު ފަޅުތެރެއިން ކިނބޫ ހިފުމަށްފަހު އެ ރަށުގެ 24 ނޯޓިކަލް މޭލު ބޭރަށް ކިނބޫ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ކިނބޫގެ ދިގު މިނުގައި 14 ފޫޓު ހުރި ކަމަށްވެސް ސިފައިން މައުލޫމާތުދެ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށުން މީގެކުރިން ވެސް ކިނބޫ ފެނިފައިވެ އެވެ. އެކަމަކު މިފަދަ އެއްވެސް ހާދިސާއެއްގައި ކިނބުލުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެެ.