ރާއްޖެ ކުޅިވަރު

ފައިނަލަށް ފޭދޫ

މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އައްޑޫ ސިޓީގެ ފޭދޫ ދަތުރުކޮށްފި އެވެ.

އެ ޓީމު ފައިނަލަށް ދަތުރުކުރީ ށ. ފޯކައިދޫ 5-1އިން ބަލިކޮށްފަ އެވެ.

އަންނަ ބުރާސްފަތި ދުވަހު ކުޅޭ މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ފޭދޫ އާއި ގދ. ފަރެސްމާތޮޑާ އެވެ. އެ ޓީމު ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބ. އޭދަފުށި ބަލިކޮށްފަ އެވެ.

މިނިވަން50 މުބާރާތުގެ އެންމެ މޮޅު ޓީމަކަށް މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕުން ވެސް ފުރުސަތު ލިބޭނެ އެވެ.