ހައިކޯޓް

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފައިސަލް

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ހަމަޖައްސައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށްފަހު ގޮތެއް ނިންމުމުން އެ މައްސަލަތައް ކޯޓަށް ހުށަނޭޅޭނެ ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވެ އެވެ. ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި އެފަދަ މައްސަލަތައް ހުށަހަޅަންޖެހެނީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އެކުލަވާލާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށެވެ.

ނަމަވެސް ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނިންމާ މައްސަލަތަކެއް މި މަޖިލީހަކަށް ހުށައެއްނޭޅޭނެ އެވެ.

މި މަޖިލީހުގައި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ސުޕީރިއާ ކޯޓުތަކުން ފަނޑިޔާރެއް އިންނަވާނެ އެވެ.