ފިނިޕޭޖް

”މޭޔާ އޮފް ކިންގްސްޓައުން"ގެ ދެވަނަ ސީޒަން ނެރެފި

"ހޯކް އައި" ޖެރެމީ ރެނާގެ ކްރައިމް ތްރިލާ "މޭޔާ އޮފް ކިންގްސްޓައުން"ގެ ދެވަނަ ސީޒަން ޕްރީމިއާކޮށްފި އެވެ.

ޖެރެމީ މި ސީރީޒްގައި އަދާކުރަނީ މައިކް މެކްލަސްކީގެ ރޯލެވެ.

މި ސީރީޒްގައި ފެންނާނީ މިޝިގަންގެ ކިންސްގްޓައުންގެ ބާރުގަދަ އާއިލާއެއްގެ ވާހަކަ އެވެ. މި ރަށުގައި އެންމެ ފައިދާހުރި ވިޔަފާރިއަކީ ކުށްވެރިން ޖަލުގައި ބަންދުކޮށްގެން ގެންގުޅުމެވެ.

ޓޭލާ ޝެރިޑަން އާއި ހިއު ޑިލަން އުފެއްދި "މޭޔާ އޮފް ކިންގްސްޓައުން"ގެ ފުރަތަމަ ސީޒަންގައި ހިމެނެނީ 10 އެޕިސޯޑެވެ. ދެވަނަ ސީޒަންގައި ހިމެނޭ އެޕިސޯޑްގެ އަދަދު ހާމަކޮށްފައެއް އަދި ނުވެ އެވެ.

މި ސީރީޒްގައި ޖެރެމީގެ އިތުރުން ހިއު ޑިލަން، ޑައޭން ވެސްޓް، ކައިލް ޗޭންޑްލާ، ޓޭލާ ހޭންޑްލީ އަދި އެއްމާ ލެއާޑް ހިމެނެ އެވެ.

މި ސީރީޒްގެ ދެވަނަ ސީޒަން މިމަހުގެ 15 ވަނަ ދުވަހު ދައްކަން ފަށާފައިވާއިރު، ޖެރެމީ ދަނީ ނުރައްކާތެރި ސްނޯ ޕްލޯއިން އެކްސިޑެންޓެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުންނެވެ.

މި އެކްސިޑެންޓްވީ ޖެރެމީގެ ގެ އާއި އަވައްޓެރިންގެ ގޭ ދޮށުގައި ސްނޯ ސާފުކޮށްދޭން އުޅުމުގެ ތެރޭގަ އެވެ. ޖެރެމީގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމުގައި އޭނާ ބުނެ އެވެ.