ދިރާގު

ދިރާގުން 500 ރުފިޔާއަށް 70 ޖީބީ ލިބޭ އެޑް-އޮންއެއް ތައާރަފުކޮށްފި

Jan 16, 2023

ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް 500 ރުފިޔާއަށް 70 ޖީބީ ލިބޭ އެޑް-އޮންއެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި މި އެޑް-އޮން އަކީ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ އެޑް-އޮން އެކެވެ.

މި އެޑް-އޮން ދިރާގުގެ އެޕް މެދުވެރިކޮށް ނެގޭނެ އެވެ. އަދި 343 އަށް ކީވޯޑް 'M500' ޖަހާފައި އެސްއެމްއެސް ކޮށްގެންވެސް ނެގޭނެ އެވެ.

މި އެޑް-އޮން ދިރާގުގެ ޕްރިޕެއިޑް ހުރިހާ ޕްލޭނެއް ގެންގުޅޭ ކަސްޓަމަރުންނަށްވެސް ނެގޭނެ ކަމަށް ދިރާގު ވަނީ ބުނެފަ އެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކޮށްފަ އެވެ.

އެގޮތުން ދިރާގު ކޮމްބޯ ޕްލޭންސްއަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

ސަޅި ޕްރީޕެއިޑް ޕްލޭންސްއަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގު މަމެންއަކީ ޒުވާނުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް މަމެން ބޭނުންކުރާ އެހެން ފަރާތަކަށް ޓްރާންސްފާ ކޮށްލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.