ރައީސް އަބްދުﷲ ޔާމީން

ކުދި ގައުމުތަކަށް އޮތް ގޮންޖެހުމަށް އެއް ގައުމު އަނެއް ގައުމަށް އެހީވުން މުހިންމު: ރައީސް

Jan 25, 2016
ރައީސް އަބްދުﷲ ޔާމީން ސައިޕްރަސްގެ އާ ސަފީރާ ބައްދަލު ކުރައްވަނީ
0%
0%
0%

ކުދި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ސައިޕްރަސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑެމެރިޓިއޮސް އޭ. ތިއޮފިލަކްޓޫ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގާ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައިޕްރަސްގެ އާ ސަފީރާ ބައްދަލުކުރައްވައި، ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ސައިޕްރަސްގެ އާ ސަފީރުގެ ދައުރުގައި، ރާއްޖެއާއި ސައިޕްރަސްއާ ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ރާއްޖެއާ އެއްގޮތަށް ސައިޕްރަސްއަކީވެސް ކުޑަ ޤައުމެއްކަމުން، ދެ ގައުމުންވެސް ގުޅިގެން ދެޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައިވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ސައިޕްރަސްގެ އާ ސަފީރު ދެއްކެވިވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގައި ރާއްޖެއާއި ސައިޕްރަސްއާ ދެމެދު އޮންނަ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910