ސިއްހަތު

ޖެނެޓިކް ސީކުއެންސިން ޓެސްޓު ހަދަން ފަށައިފި

ކޮވިޑްގެ ވޭރިއެންޓް ދެނެގަތުމަށް މޯލްޑިވްސް ފުޓް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ޖީން ސީކުއެންސިން ޓެސްޓު ހަދަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޖީން ސީކުއެންސިން މެޝިން ރާއްޖެ ގެނެސް ލެބްގައި ޓެސްޓްތައް ހަދަން ފެށީ އިއްޔެ އެވެ.

އެ މެޝިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ގެނައި މެޝިނެކެވެ.

މިމެޝިނުގެ އެހީގައި ކޮވިޑް ވޭރިއެންޓު ހޯދުމުގެ އިތުރުން އެކި ބަލިތައް ދެނެގަތުމަށް ޖީން ޓެސްޓް ހެދޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޖީން ސީކުއެންސިން އަކީ ވަކި ޖަރާސީމެއް ނުވަތަ ސެލްއެއްގެ މުޅި ޖެނެޓިކް އުފެދިފައިވާ ގޮތް ކަނޑައެޅުމަށް ބޭނުންކުރާ ލެބޯޓްރީ ތަހުލީލު ކުރެވޭ ގޮތެކެވެ.

މި ތަހުލީލު ބޭނުންކޮށްގެން ކެންސަރު ފަދަ ވަކި ބަލިތައް އުފެދޭ ގޮތް ހޯދުމަށް އެހީތެރިވެދެ އެެވެ.