ދުނިޔެ

މޮރޮކޯގެ ރަސްގެފާނު ބްލެކްމެއިލްކުރި ދެ ނޫސްވެރިއަކު ޝަރީއަތަށް

މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަ ބްލެކްމެއިލްކުރި ކަމަށް ތުހުމަތު ކުރެވޭ ފްރާންސްގެ ދެ ނޫސްވެރިއެއްގެ ޝަރީއަތް ޕެރިހުގައި ފަށައިފި އެވެ.

މޮރޮކޯގެ ރަސްކަމާ ބެހޭ ފޮތެއް ޝާއިއުކުރުން ހުއްޓާލުމުގެ ބަދަލުގައި 2.1 މިލިއަން ޑޮލަރު ދިނުމަށް އެ މީހުން -- އެރިކް ލޯރެންޓް، 75، އާއި އޭނާގެ ބައިވެރިޔާ ކެތަރީން ގްރޭސިއޭޓް، 48 -- އެދުނު ކަމަށް ޚަބަރުތައް ބުނެ އެވެ. މި ހާދިސާއެއް ހިނގާފައި ވަނީ 2015 ވަނަ އަހަރު އެވެ.

މި ދެ ނޫންވެރިން ބުނާ ގޮތުން އެ އަދަދަށް ފައިސާދޭން ހުށަހެޅީ މޮރޮކޯއިންނެވެ. އެހެން ނަމަވެސް، މިވާހަކަ މޮރޮކޯ އޮފިޝަލުން ދޮގުކުރެ އެވެ.

މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމަކާއި 81،496 ޔޫރޯއިން ޖޫރިމަނާ ކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ދެ ނޫސްވެރިން މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ.