ފިނިޕޭޖް

ޖެނިފާ ކޫލިޖް ޓިކްޓޮކަށް

ކޮމެޑީ ޑްރާމާ އާއު ފިލްމާއި ސީރީޒްތަކުން ވެސް ފެނިގެންދާ އުމުރުން 61 އަހަރުގެ ޖެނިފާ ކޫލިޖް ޓިކްޓޮކް އެކައުންޓެއް ހުޅުވައިފި އެވެ.

"ވައިޓް ލޮޓަސް" އަދި "ޝޮޓްގަން ވެޑިން"ގެ ތަރިއެއް ކަމުގައިވާ ޖެނިފާ ޓިކްޓޮކްގައި ޕޯސްޓްކުރި ފުރަތަމަ ވީޑިއޯގައި ޖެނިފާ ހުރީ ގައުން އެއް ލައިގެން ގްރީން ސްކްރީނެއްގެ ކުރިމަތީގަ އެވެ. އަދި މިއީ އޭނާގެ ފުރަތަމަ ޓިކްޓޮކް ވީޑިއޯ ކަމަށާއި ކޮން އެއްޗެއްތޯ ޕޯސްޓްކުރާނީ ނޭނގުމުން އޭނާއަށް ރީތި ޕޮއަމްއެއް ކިޔާނެ ކަމަށް ބުނެ އެވެ. އެހެން ބުނެފައި ޖެނިފާ ލޮޕޭޒްގެ 2002ގެ ހިޓް "ޖެނީ ފްރޮމް ދަ ބްލޮކް"ގެ ތަންކޮޅެއް ކިޔާ "އާމް ސްޓިލް ޖެނީ، ޖެނީ، ޖެނީ ފްރޮމް ދަ ބްލޮކް" އޭ ބުނެ އެވެ.

ޖެނިފާ މިހެން ބުނަނީ ލަވަ ކިޔާ ގޮތަކަށެއް ނޫނެ އެވެ. ދެން ޖެނިފާގެ ކަނާތް ފަރާތަށް ވީޑިއޯ ޕޭން ވާއިރު، ޖެނިފާ ލޮޕޭޒް "ޖޭ ލޯ"، ބޯ ޖަހާލަމުން އެ ވަރަށް ކަމުދާކަމަށް ދެ ތިން ފަހަރަކު ބުނެ އެވެ.

ދެ ޖެނިފާ އެކުގައި ދާދި ފަހުން ރިލީޒްކުރި "ޝޮޓްގަން ވެޑިން"ގައި މަސައްކަތްކޮށްފައިވެ އެވެ. އެ ފިލްމްގެ ޕްރީމިއާ ޕާޓީގައި ޖޭލޯ ޕޯސްޓްކުރި ވީޑިއޯއެއްގައި ޖެނިފާގެ ސްޕެލިންއާ ގުޅުވާފައި "ވެލްކަމް ޓު ޖެނުވަރީ" ލިޔެ، ޖެނިފާ ކޫލިޖްއާ އެކު ވީޑިއޯއެއް ޕޯސްޓްކޮށްފައިވެ އެވެ.

ޖެނިފާ ކޫލިޖްގެ އާ އެކައުންޓަށް ދަނީ ފޭނުންގެ ތަރުހީބު ލިބެމުންނެވެ.

ޖެނިފާ ކޫލިޖްއަކީ "ލީގަލީ ބްލޮންޑް" ދެ ފިލްމް ފަދަ ގިނަ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ އެކްޓްރެސް އެކެވެ. ޖެނިފާ "ވައިޓް ލޮޓަސް" ގައި އަދާކުރި ރޯލަށް "ބެސްޓް ސަޕޯޓިން އެކްޓްރެސް" ކެޓެގަރީއިން ޕްރައިމްޓައިމް އެމީ އެވޯޑާއި ގޯލްޑަން ގްލޯބް އެވޯޑް ލިބިފައިވެ އެވެ.