ބޮލީވުޑް

"ބިގް ބޮސް" އިން ސަލްމާން ވަކިވަނީތަ؟

"ބިގް ބޮސް 16"ގެ ހޯސްޓް ސަލްމާން ޚާން އެ ޝޯ އާއެކު ހަދާފައިވާ އެގްރީމެންޓް ޖެނުއަރީ މަހުގެ ނިޔަލަށް ހަމަވާތީ މި ޝޯ އިން ސަލްމާން އިތުރަށް ނުފެނިދާނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

ކުރިން މި ޝޯ ނިންމާލަން ހަމަޖެހިފައި އޮތީ ޖެނުއަރީ މެދެއްހާ ހިސާބުގަ އެވެ. ނަމަވެސް ޝޯ ވަނީ އިތުރު އެއް މަސް އިތުރުކޮށްފަ އެވެ. މިހާރު ނިންމާފައި އޮތް ގޮތުން "ބިގް ބޮސް 16"ގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.

މި ވަގުތު ބިގް ބޮސްގެ ގޭގައި ޖުމްލަ ނުވަ ބައިވެރިން އެބަ ތިއްބެވެ. އެއީ ޝިވް ޓާކަރޭ، ނިމްރިތު ކޯރު، ޕްރިޔަންކާ ޗާހަރް، އެމްސީ ސްޓޭން، ޓީނާ ދައްތާ، ޝާލިން ބަނޮޓް، އަރްޗަނާ ގޯތަމް، ސުމްބުލް ތައުގީރު އަދި ސައުންދަރިޔާ ޝަރުމާ އެވެ.

މި ޝޯއަށް އެއްމަސް އިތުރު ކުރުމުން ފޭނުން އުފާ ވިޔަސް ސަލްމާނަށް މައްސަލަތައް ކުރިމަތިވި އެވެ. އެހެން މަސައްކަތްތަކަށް އޭނާގެ ކަލަންޑަރުގެ ދުވަސްތައް ދީފައި ހުރީމަ އެވެ. އެހެންކަމުން ކުރިޔަށް އޮތް ދެ ހަފުތާގައި މި ޝޯގެ "ވީކްއެންޑް ކާ ވާރް" އިން ސަލްމާން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނޫސްތަކުން ބުނެ އެވެ.

ސަލްމާންގެ ބަދަލުގައި ޝޯ ހޯސްޓްކުރާނީ ފަރާ ޚާން ނުވަތަ ކަރަން ޖޯހަރް ކަމަށް ވެއެވެ. އަދި ގްރޭންޑް ފިނާލޭގައި ސަލްމާން ބައިވެރިވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.