އެމްއެންޑީއެފް

ހަތިޔާރާއެކު ތަމްރީނެއް ފަށާތީ ސަމާލުވާން އަންގައިފި

Jan 22, 2023
1

ޅ. މާފިލާފުށީގައި ސިފައިން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ އަސްކަރީ ތަމްރީންތަކަކާ ގުޅިގެން ސަމާލުވުމަށް ޑިފެންސް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ސިފައިންގެ ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 23 އިން 25 އަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް

  • ބޭނުންކުރާ ހަތިޔާރު / ޕައިރޯޓެކްނިކްސް: އޭކޭ ސީރީޒް ރައިފަލް
  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 4600 މީޓަރު
  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު
  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ-ލެވެލް
  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން: ޅ. މާފިލާފުށި އިރު ދެކުނު ސަރަހައްދު

ސިފައިންގެ ތަމްރީންތައް އަބަދުވެސް ހިންގަމުންދެ އެވެ. އަދި މިފަދަ ތަމްރީންތަކުގައި ދިމާވެދާނެ ކަމަކާ ގުޅިގެން އަބަދުވެސް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.