ރައީސް މުހައްމަދު ނަޝީދު

ރާއްޖެއަށް އެނބުރި ދާނަން، ދާނެ ދުވަހެއް ނޭނގެ: ނަޝީދު

Jan 25, 2016
6

ރާއްޖެއަށް ކޮންމެވެސް ދުވަހަކުން އެނބުރި ދާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖެ ދާނެ ދުވަހެއް އަދި ނުނިންމަވާ ކަމަށް، ބޭސް ފަރުވާއަކަށް އިނގިރޭސިވިލާތުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ބޭސްފަރުވާއަށް ޖަލުން ދޫކޮށްލި ފަހުން ފުރަތަމަ ފަހަރަށް މިއަދު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި، ޕްރެސްކޮންފަރެންސްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ކަމާ މެދު އެއްވެސް ފަރާތަކުން ޝައްކު ކުރައްވައިގެން ނުވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސީރިއަސް ސިއްހީ މައްސަލަތަކެއް އެބަ ހުރި ކަމަށާއި އެކަމާ ގުޅޭ ގޮތުން ކުރިއަށް މި އޮތް ދުވަސްތަކުގައި ޑޮކްޓަރަށް ދައްކައި ލަފާ ހޯއްދަވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ބޭސްފަރުވާގެ ކަންކަމަށާއި އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަ ކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވެ އެވެ. އެހެންވެ ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ދުވަހެއް އަދި އޮތީ ނޭނގޭ ކަމެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެ އެނބުރި ދާނެ ދުވަހެއް އަޅުގަނޑު އަދި ނުނިމަން. އެކަން ނިންމާނީ ގިނަ ބަޔަކާ ބައްދަލު ކުރުމަށް ފަހު ލޯޔަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު. މިހާރު އިސްކަން ދޭނީ އާއިލާއާ އެކު ވަގުތު ހޭދަކޮށް ޑޮކްޓަރަށް ދެއްކުމުގެ ކަންތައްތަކަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެންމެ ބޮޑު ޝުކުރެއް ހައްގު ވަނީ އެމަނިކުފާނުގެ އަނބިކަބަލުން ލައިލާ އަލީއަށާއި އިންޓަނޭޝަނަލް ލޯޔަރުން އަދި މީޑިއާއަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން ގޯހުން ގޯހަށް ގޮސް ޑިމޮކްރަސީގެ ހުޅުކޮޅު ނިވިފައިވާ ކަމަށެވެ. މިހާރު އޮތް ސަރުކާރުން މަސައްކަތް ކުރަނީ ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާ ގުޅިގެންކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ޗައިނާ އާ މާ ބޮޑަށް ރަހުމަތްތެރިވުުގެ ސިޔާސަތު ރައީސް އަބްދުﷲ ޔާމީން ގެންގުޅުމުގެ ސަބަބުން އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ހާހެއްހާ މީހުންނަށް ސިޔާސީ ދައުވާކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިންނާއި މީޑިއާތަކަށް ބިރުދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބައިނަލްއަގުވާމީ ގޮވާލުންތަކަށް ސަރުކާރުން އަމަލުކުރާ ކަމަށް ބެލެވޭނީ، ސިޔާސީ ފަރާތްތައް ދޫކޮށްލުމުން ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދު އަދި ވިދާޅުވީ މި ސަރުކާރުން ވެފައި ވަނީ ތިމާވެށީގެ ހަތުރަކަށް ކަމަށެވެ. މިކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތާއީދު ކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޑިމޮކްރަސީ ގެނެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ވިދާޅުވި އެވެ. ތަފްސީލް އަންނަނީ..