ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގެސްޓްހައުސް ވިޔަފާރި ފެށީ ނަޝީދެއް ނޫން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ކ. ގުރައިދޫގައި ވާހަކަފުޅު ދައްކަވަނީ
0%
0%
0%

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރެވޭ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ކ. ގުރައިދޫއަށް ވަޑައިގެން މެމްބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ފުރުސަތު ލިބުނީ 2008 ވަނަ އަހަރު ކުރީ ކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުން ކަމަށެވެ.

"މިފުރުސަތު ރަށްރަށަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރުގެ ކުރީކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ނިންމާފައި އޮތް ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ކުރިން މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އޭރު މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުން މިއަދުވެސް އެމަނިކުފާނު ފަހަތްޕުޅުގައި އެބަ ތިއްބެވި ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އެގޮތުން ރީކޯ މޫސާ މަނިކު އާއި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އޭރު މަޖިލީހުގައި ތިއްބެވި ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި އެ ގަރާރު މަޖިލީހުން ފާސްވީ އެއްފަހަރަށްވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެންނެވެ.

ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފެއްޓެވީ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމަނިކުފާނާއި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އިސްދައުރެއް އަދާކުރި ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910