ރައީސް އޮފީސް

ހަޒާނާ މޯލްޑިވްސްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދައިފި

Jan 25, 2016

އިސްލާމިކް ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ގާއިމުކޮށް ސަރުކާރުން އިސްލާމިކް ފައިނޭންސް މެދުވެރިކޮށް ފައިސާ ހޯދަން "ޚަޒާނާ މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ހެދި މި ކުންފުނީގެ ރައުސްމާލަކީ، ދިހަ ރުފިޔާގެ 100 މިލިއަން ރުފިޔާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިއަން ރުފިޔާ އެވެ. އަދި މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކޮށް ދައުވާ ލިބިގަތުމުގެ ބާރު ލިބޭ ގޮތަށް އުފެއްދި ކުންފުންޏެކެވެ.