ފިނިޕޭޖް

"މެންޑަލޯރިއަން" ސީޒަން 3ގެ ޓްރޭލާ ނެރެފި

Jan 23, 2023

ލޫކަސް ފިލްމްސްގެ "ސްޓާ ވޯޒް" ފްރެންޗައިޒްގެ "ދަ މެންޑަލޯރިއަން"ގެ ތިންވަނަ ސީޒަންގެ ޓްރޭލާ ނެރެފި އެެވެ.

ޖޯން ފެވްރޫ ކްރިއޭޓްކުރި "ދަ މެންޑަލޯރިއަން" ޑިޒްނީ ޕްލަސްގައި ދައްކަން ފަށާފައިވަނީ ނޮވެމްބަރު 2019 ގައެވެ.

މި ސީރީޒްގެ ބޭބީ ޔޯޑާ / ގްރޮގޫ ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުކަން ހޯދާފަ އެވެ.

ސީޒަން ތިނެއްގައި ދަ މެންޑަލޯރިއަން އާއި ގްރޮގޫގެ ސަފަރު ކުރިއަށްދާއިރު، ކުރީގެ ރަށްޓެހިންނާއި އާ ހަތުރުން ފެންނާނެ އެވެ. އަދި ޕެޑްރޯ ޕަސްކާލް ޑިން ޖަރިން / ދަ މެންޑަލޯރިއަންގެ ގޮތުގައި އަނބުރާ އަންނައިރު، ކޭޓީ ސެކޮފް އާއި ކާލް ވެދާސް އާއި އެމީ ސެޑަރިސް އާއި އެމިލީ ސްވެލޯ އަދި ޖިއަންކާލޯ އެސްޕޮސީޓޯ ވެސް ފެންނާނެ އެވެ.

"ދަ މެންޑަލޯރިއަން" އަށް ސްޕިން-އޮފް ސީރީޒެއް ކަމުގައިވާ "ދަ ބުކް އޮފް ބޯބާ ފެޓް" އާއި ރޮޒާރިއޯ ޑޯސަން އާއެކު ކުރިއަށް ނެރެން މަސައްކަތްކުރާ "އާސޯކާ" ހިމެނެ އެވެ. އަދި "ސްޓާ ވޯޒް" ފްރެންޗައިޒްގެ ރިލީޒްކޮށްފައިވާ ސީރީޒްތަކުގެ ތެރޭގައި "އޯބީ-ވަން ކަނޯބީ" އާއި "އެންޑޯ" ހިމެނޭއިރު "ދަ އެކޮލައިޓް" އާއި "ލެންޑޯ" އަކީ ރިލީޒްކުރުމަށް މަސައްކަތް ކުރަމުންދާ ދެ ސީރީޒް އެވެ.

"ދަ މެންޑަލޯރިއަން" ދައްކަން ފަށާނީ މިއަހަރުގެ މާޗް އެއްވަނަ ދުވަހު އެވެ.