ފިނިޕޭޖް

ޕެރިސް ހިލްޓަން ސަރޮގެސީ މެދުވެރިކޮށް މަންމައަކަށްވެއްޖެ

ޕެރިސް ހިލްޓަން އާއި ފިރިމީހާ ކާޓާ ރިއުމް، ސަރޮގަސީ މެދުވެރިކޮށް މައިންބަފައިންނަށް ވެއްޖެއެވެ.

މި ދެމަފިރިންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

ޕެރިސް ބުނީ މަންމައަކަށް ވުމަކީ އަބަދުވެސް އޭނާގެ ހުވަފެނެއް ކަމަށާއި ކާޓާއާ ދިމާވުމަކީ އޭނާ ވަރަށް ބޮޑަށް އުފާވާ ކަމެއް ކަމަށެވެ. އަދި ދެމަފިރިން ވެގެން އާއިލާއެއް ފަށަން އަވަދިނެތިފައިވާ ކަމަށާއި އެމީހުންގެ ދަރިފުޅަށްޓަކައި ލޯބިން ގޮސް ހިތް ގޮވާފާނެ ކަމަށެވެ.

މިގޮތުން އިންސްތަގްރާމްގައި 41 އަހަރުގެ ޕެރިސްގެ ބޮޑުވައި އިނގިލީގައި އޭނާގެ ދަރިފުޅު ހިފައިގެން އިން ފޮޓޯއެއް ވަނީ ހިއްސާކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޕެރިސް ދަ ޕީޕަލްއަށް ދިން އިންޓަވިއުއެއްގައި ހާމަކުރީ ކާޓާއާކައިވެނިކުރުމަށްފަހު މައިންބަފައިންނަށް ވުމަށް އެދޭތީ، އައިވީއެފްގެ ޕްރޮސެސް ކޯވިޑް-19ގެ ޕެންޑެމިކް ތެރޭގައި ފަށާފައިވާ ކަމަށާއި އޭނާގެ އެގްސް ނަގާ ރައްކާކޮށްފައިވާ ކަމަށެވެ.

ޕެރިސް އާއި ކާޓާ ފެބްރުވަރީ 2021 ގައި އެންގޭޖްވީ އަހަރަކަށްވުރެ ގިނަ ދުވަސް ޑޭޓް ކުރުމަށްފަހު އެވެ. އަދި ކައިވެނި ކޮށްފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހު ތިން ދުވަހުގެ ހަފްލާއެއްގަ އެވެ.

ހިލްޓަން ބްރޭންޑްގެ ވެރިފަރާތް ރިޗަޑް ހިލްޓަންގެ ދެ ދަރިން ތެރެއިން ދޮށީ ދަރި ޕެރިސް ހިލްޓަން އަކީ ގިނަ ކަންތައްތައް ކުރުމުގައި މަޝްހޫރުވެފައިވާ ސެލެބްރިޓީ އެކެވެ. މީގެތެރޭގައި ޕާޓީކުރުމާއި، މޮޑެލިން، ރިއަލިޓީ ޝޯތަކާއި ފިލްމްގައި އެކްޓްކުރުން، ފޮތް ލިޔުން، ލަވަ ކިއުމާއި ޑީޖޭ ކުރުން އަދި ޕެރިސް ހިލްޓަން ބްރޭންޑްގެ ސެންޓް ލޯންޗްކުރުން ހިމެނެ އެވެ. މިގޮތުން މިދިޔަ ޑިސެމްބަރު މަހު "ލަވް ރަޝް" ސެންޓު ވަނީ ލޯންޗްކޮށްފަ އެވެ.

ކާޓާ ރިއުމް އަކީ ހިލްޓަން އާއިލާގެ ގިނަ ދުވަސްވީ ރަހްމަތްތެރިއެކެވެ. އަދި އޮންޓްރަޕްރަނޯއަކަށްވުމުގެ އިތުރުން ކާޓާއަކީ ފޮތް ލިޔާ މީހެކެވެ. ކާޓާ ވަނީ ވެންޗާ ކެޕިޓަލިސްޓް ފާމެއް ކަމުގައިވާ އެމް13 ފަށާފަ އެވެ.