އެޗްޑީސީ

ނާސިންގް ހޯމް އަދި ޑިސްއެބިލިޓީ ސެންޓަރެއް އަޅާދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ނާސިން ހޯމަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒެއް -- ޑިސްއެބިލިޓީ ސެންޓަރެއް ހެދުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

ނާސިން ހޯމް އަދި ޑިސްއެބިލިޓީ ސެންޓަރު އަޅަން އެޗްޑީސީ އިން އިސްކަން ދެނީ ލޭންޑް ބޭސް މޮޑެލް އަކަށެވެ. ނަމަވެސް ހުށަހަޅާ އީއައިއޯ ތަކުގައި ތަފާތުވައްތަރުގެ މޮޑެލްތައް ހުށަހެޅޭނެ ކަމަށާއި އެ ހުށަހެޅުމުގައި ދެފަރާތަށްވެސް ލިބޭނެ ފައިދާތައް ބަޔާންކުރަންޖެހޭނެ ކަމަށް އެޗްޑީސީ އިން މައުލޫމާތު ދެ އެވެ.

ގިނަ ހުށަހެޅުންތަކެއް ލިބިއްޖެ ނަމަ އެޗްޑީސީގެ މާސްޓާ ޕްލޭނާއި ތަސައްވުރާއި އެންމެ ގާތްކުރާ އީއޯއައި ހިޔާރުކޮށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީ އިން މައުލޫމާތުދެ އެވެ.

ހުށަހެޅިގެންދާ ހުށަހެޅުންތައް ބާތިލްކުރުމުގެ ހައްގާއި އީއޯއައި ޕްރޮސެސް އަހަރީ ކުރުމުގެ އިތުރުން ހުށަހެޅިގެންދާ ހުރިހާ ހުށަހެޅުމެއް އެގްރިމެންޓްގައި ސޮއި ކުރުމުގެ ކުރިން ބާތިލްކުރުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާ ކަމަށްވެސް އިއުލާންގައިވެ އެވެ.

މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އީއޯއައި ހުށަހެޅި ފަރާތަށް އެކަން އަންގައި ހުށަހެޅުން އަނބުރާ އެފަރާތަކަށް ރައްދުކުރާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

އީއޯއައި ހުށަހަޅަން ޖެހެނީ އެޗްޑީސީގެ މެއިލްއަށް ނުވަތަ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އޮފީހަށެވެ.