ރައީސް މުހައްމަދު ނަޝީދު

"ކުރީ ސަރުކާރުން ކުރި ކަމަކަށްވީތީ ހަލާކުކޮށްލުން ގޯސް"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ނަޝީދު މިރޭ ޒުވާނުންނާ ބައްދަލުކުރެއްވުމަށް ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން.
100%
0%
0%

ކުރީ ސަރުކާރަކުން ކޮށްފައިވާ ކަމަށް ވުމުން ތަނެއް ހަލާކުކޮށްލުން އެއީ ވަރަށް ދެރަ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިރޭ ޒުވާނުންނާ ބައްދަލުކުރެއްވުމަށް ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހަރަކާތެއްގައި ނިއު ޕޯޓު ބަންދު ކުރުން ރައީސް ނަޝީދަށް ގަބޫލު ކުރެވޭތޯ ޒުވާނަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރީ ސަރުކާރަކުން ކޮށްފައިވާ ކަމަށް ވުމުން ތަނެއް ރޫޅާލުން ނުވަތަ ބޭނުން ނުކުރުން ނުވަތަ ހަލާކުކޮށްލުން އެއީ ވަރަށް ދެރަ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑު މިއައީ އައްޑުއަށް ގޮއްސަ. ހަމަ ނުލާހިކު ރީތިކޮށް ހުރި ކޮންވެންޝަން ސެންޓަރެއް ބަދަލުކޮށްލައިފި ހޮސްޕިޓަލަކަށް. ދެން ހޮސްޕިޓަލަކީ ވަކިން ހުރިހާ ކަމެއް އެހެން ގޮތަކަށް އޮންނަން ޖެހޭ ތަނެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިކަހަލަ ކަންކަމަކީ ބޯދާ ވިސްނުމާއި އަމަލުތައް ކަމަށާއި މިކަންކަމުން ދުރުވާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މިފަދަ ވިސްނުމަކީ ތަރައްގީއަށް އެޅޭ ހުރަހެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއް ވެރިކަމުގައި ފަށާފައިވާ ކަމެއް ދެން އަންނަ ވެރިކަމުގައި، އެއީ އެހެން ވެރިކަމެއްގައި ފަށާފައިވާ ކަމަކަށް ވުމުން ހުއްޓާލުމަކީ ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށެވެ.

ތަންތަނަށް ޒިޔާރަތް ކުރައްވާ އިރު ވަރަށް ގިނައިން މިފަދަ މަންޒަރުތައް ފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން 2008 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުއްޓާއި އެހެން ބައެއް ރަށްތަކުގައި ފެށި ފްލެޓުތަކުގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުގައި ހަލާކުވާން ދޫކޮށްލައިފައިވާ ކަމަށް ވިދާޅުވި އެވެ. އެތަންތަނަށް މީހުން ވެއްދީ މިހާރުގެ ސަރުކާރަށް ދެތިން އަހަރުވީ ފަހުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކުރާ މަސައްކަތުގެ ކޮންޓިނިއުޓީއެއް ދިނުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް. ދެން އެއީ ނިއު ޕޯޓުތޯ އަނެއް ތަނެއްތޯ އަނެއް ތަނެއްތޯ، ޑީޓެއިލް އެބަ ހުރި ބައިވަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކިނބޫ

ބަލަ ކަލޭ ތީމުގޭ ކޯޓުތަކަށް ބަދަލު ކުރީ ކިހިނެއްވެގެން؟ ރިޔާސީ ގަނޑުވަރު މިއަދު އެހެރީ ހަދާލާފަ ހުރިގޮތް. ގޮތްކުޑަ. އަމިއްލައަށް ކުރީމަ އޯކޭ. އެހެން މީހަކު ކުރީމަ ގޯސް. ތިވައްތަރު މިހާރު ދިވެހިން ދަނެޔޭ. ސަހަލު ގޮލަޔަކާ އަދި ދިމާނުވޭ. އަމިއްލައަށްވެސް ތިގޮވެނީ ނިއުޕޯޓޭ ކިޔައިގެން ހަދާފަހުރި ގޯހުގެ ވާހަކަ. ލަދު ދޯ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910