ކްރޫޒް ލައިނާ

500 ޓޫރިސްޓުންނާއެކު ޔޫރޮޕާ ދޭއް، މާލެއަށް ބަނދަރުކޮށްފި

Jan 26, 2016
2
  • ޔޫރޮޕާ ދޭއް ކްރޫޒްލައިނާއަކީ ޖަރުމަނުގެ އުޅަނދެއް
  • މި ދުވަސްވަރު ރާއްޖެއަށް އަންނަ ކްރޫޒްލައިނާތައް އިތުރު

އެމްއެސް ޔޫރޮޕާ ދޭއް، 500 ޓޫރިސްޓުންނާއެކު މާލެއަށް ބަނދަރު ކޮށްފި އެވެ.

ޖަރުމަނުގެ މި ކްރޫޒްލައިނާއަކީ "ހަޕަންގް ލިއޯޑް ކްރޫޒް" ކުންފުނީގެ އުޅަނދެކެވެ. ދެހާސް ތޭރަ ވަނަ އަހަރު ބާލައި ބޭނުންކުރަން ފަށާފައިވާ މި ކްރޫޒްލައިނާގައި 516 ޓޫރިސްޓުންނަށް ހިދުމަތްދެވެ އެވެ. ހަތް ފްލޯއަށް ހަދާފައިވާ މި އުޅަނދުގައި ހަތް ރެސްޓޯރެންޓާއި 15 މީޓަރުގެ ސުވިމިން ޕޫލެއްގެ އިތުރުން ފިހާރަތައް ވެސް ހުރެ އެވެ.

ޖަރުމަނުގެ ކްރޫޒްލައިނާއެއް މާލެއަށް ބަނދަރު ކުރިއިރު، މީދެ ދެ ދުވަސްކުރިން 5،000 ޓޫރިސްޓުންނާއެކު ދެ ކްރޫޒްލައިނާ މާލެ އަށް އައިސްފައިވެ އެވެ.

ކްރޫޒްލައިނާތައް މާލެއަށް އައުމުން ޓޫރިސްޓު ފިހާރަތަކުގެ ވިޔަފާރި އިތުރު ވެގެންދެ އެވެ. މީގެ އިތުރުން ކްރޫޒްލައިނާތަކުން އަންނަ ޓޫރިސްޓު އިތުރުވުމުން ގިނަ ބަޔަކަށް އާމްދަނީގެ ފުރުސަތުތައް ހުޅުވިގެންދެ އެވެ.