ޓޫރިޒަމް

ތިންހާހަށްވުރެ ގިނަ މީހުނާއެކު ރާއްޖެއަށް ކްރޫޒްލައިނާއެއް

Nov 23, 2019
3
ނޯވޭޖިއަން ޖޭޑް ކްރޫޒްލައިނާ: މި އުޅަނދަކީ ފަހުގެ ތާރީހުގައި މާލެ އަންނާނެ އެންމެ ބޮޑު އެއް އުޅަނދަށްވާނެ
0%
0%
0%

ގާތްގަނޑަކަށް 3،000 އަށްވުރެ ގިނަ ޓޫރިސްޓުންނާއެކު، ނޯވޭޖިއަން ޖޭޑް ކްރޫޒްލައިނާ އަންނަ މަހުގެ ހަ ވަނަ ދުވަހު ރާއްޖެ ވަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފި އެވެ.

މާޔާ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް މި ފަހުގެ ތާރީހުގައި އަންނަ އެންމެ ބޮޑު އެއް އުޅަނދުން އެ ދުވަހު މާލެއަށް 3،500 މީހުން ފައިބާނެ އެވެ. އަދި ކްރޫޒްލައިން ސީޒަން ފެށުމާއެކު ކޮންމެ ހަފުތާއަކު ވެސް ބޮޑެތި އުޅަނދު ފަހަރު ބަނދަރުޖަހަމުން ދާނެ އެވެ.

"މި އުޅަނދު ވެގެން މިދަނީ ކޮސްޓާސްގެ އުޅަނދު ފަހަރަށް ފަހު މިހާތަނަށް އަންނަ އެންމެ ބޮޑު އުޅަނދަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ނޯވޭޖިއަން ކްރޫޒްލައިން ކުންފުނީގެ މި އުޅަނދަކީ 294 މީޓަރުގެ ބޮޑު އުޅަނދެކެވެ. މި އުޅަނދުގައި 14 ޑެކު ހުރެ އެވެ. މި ކްރޫޒްލައިނާގައި އޭޝިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓަކާއެކު ނުވަ ރެސްޓޯރެންޓު ހުރެ އެވެ. މީގެ އިތުރުން ޕޫލާއި ޖޮގިން ޓްރެކެއް ވެސް މި އުޅަނދުގައި އޮވެ އެވެ.

މާޔާ އިން މިއަހަރު ވެސް ބޮޑެތި ކްރޫޒްލައިނާ ތަކެއް ރާއްޖެ ގެނެސްފައިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910