ވިޔަފާރި

ރާއްޖެ އަށް އަންނަ އަހަރު ކްރޫޒްލައިނާ އިން ބައިލައްކަ ޓޫރިސްޓުން އަންނަނީ

Dec 11, 2018
6
މާލެ ބަނދަރަށް ކުރިން އައި ކޯސްޓާ ކްރޫޒްލައިނާއެއް.--އަވަސް ފައިލް ފޮޓޯ
0%
0%
0%

އަންނަ އަހަރު ކްރޫޒްލައިނާ ތަކުން ބައިލައްކަ އެއްހާ ޓޫރިސްޓުން އަންނަނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން މިއަދު ބުނެފި އެވެ.

ރާއްޖެ އަށް ބިޔަ ކްރޫޒްލައިނާތައް ގެންނަ މާޔާގެ އޮފިޝަލް ވިދާޅުވީ އަންނަ އަހަރު 50،000 އެއްހާ ޓޫރިސްޓުން އަންނާނެކަން ޔަގީންވެފައިވާ ކަމަށެވެ.

"ބެލެވެނީ އުޅަނދަކުން 3،000 އަށްވުރެ ގިނަ މީހުން އަންނާނެ ކަމަށް. ބެލެވޭ ގޮތުގައި އަންނަ އަހަރު 20 އަށްވުރެ ގިނަ މީހުން އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ޖަމިއްޔާ އިން ބުނީ މިހާރުގެ ޝެޑިއުލް އޮތް ގޮތުންނަމަ މި އަހަރުވެސް ކޮންމެ ދެ ހަފުތާއަކުން ބިޔަ ކްޔޫޒްލައިނާއެއް މާލެއަށް ބަނދަރު ކުރާނެ ކަމަށެވެ.

"ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު މި އުޅަނދު ފަހަރު އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވީ މި އަދަދަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނައިރު އެންމެ މުހިންމު ކަމަކީ އެކަށީގެންވާ ރަނގަޅު ހިދުމަތްތައް ތައާރަފު ކުރުން ކަމަށެވެ. ހާއްސަކޮށް ފާހާނާ ކުރެވޭ ނިޒާމާއި ރަނގަޅު ޖެޓީއެއް ލިބުން މުހިންމުކަން އެ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވި އެވެ.

"އަންނަ މީހުންނަށް އެބަޖެހޭ ވަރަށް ރަނގަޅު ހިދުމަތްތަކެއް ވެސް ދޭން. އެހެން ނޫނީ އެ މީހުން ރާއްޖެ އަންނަން ޖެހޭ ސަބަބެއް ނެތް ތާ؟ މިހާރު އޮތް ގޮތުން ކްރޫޒްލައިނާތައް މި އޮންނަން ޖެހެނީ ތިން މޭލެއްހާ ދުރުގައި. ފައިބަން އަންނަ އުޅަނދު ކޮޅަކަށް 30 މިނެޓު އެބަ ނަގާ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ޖަމިއްޔާއިން ބުނީ މާލެއަށް ކްރޫޒްލައިނާތައް އައުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އެރައިވަލް މަތިވެ، އާމްދަނީވެސް މަތިވާ ކަމަށެވެ. މި އުޅަނދު ފަހަރުގެ ސަބަބުން މާލެ ކައިރި ރިސޯޓުތަކުގައި ގިނަ ޓޫރިސްޓުން ތިބޭއިރު، މާލޭގެ ގިނަ ފިހާރަތަކުން ވިޔަފާރި ކުރާކަން މާޔާއިން ފާހަގަ ކުރެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910