އުތުރު ކޮރެއާ އަކީ ރަޝިއާގެ ގާތް އެކުވެރިއެއް ކަމަށް ބުނާ ބުނުން އެ ގައުމުން އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ނުފޫޒު ގަދަ ކޮއްކޮ ކިމް ޔޯ ޖޮންގް ވިދާޅުވި ގޮތުގައި ހުޅަނގުން ކިތަންމެ ހަތިޔާރެއް ޔުކްރޭނަށް ފޮނުވި ނަމަވެސް އުތުރު ކޮރެއާއިން ރަޝިއާއަށް ދެމުން ގެންދާ އެއްބާރުލުމަށް ފަނޑުވުމެއް ނާންނާނެ އެވެ.
ރަޝިއާ އަކީ އަސްކަރީ ގޮތުން ގާބިލު އަދި ދުނިޔެއަށް ފެނިފައި ނުވާ ވަރުގެ ބާރުގަދަ ގައުމެއް ކަމަށް ވިދާޅުވެ ކިމް ޔޯ ޖޮންގް ވިދާޅުވީ ހުޅަނގުން ކީޔެވްއަށް ކޮންމެ ހަތިޔާރެއް ފޮނުވި ނަމަވެސް ރަޝިއާއިން އެ ތަކެތި ފުނޑާޅާނެ ކަމަށެވެ.
ކިމް ޔޯ ޖޮންގް ވިދާޅުވި ގޮތުގައި ރަޝިއާ އެ ކުރަނީ ގައުމުގެ ދިފާއުގައި ކުރާ ހަނގުރާމަ އެެކެވެ. ރަޝިއާއިން ޔުކްރޭނަށް ހަމަލާ ނުދިން ނަމަ ރަޝިއާގެ މިނިވަންކަމަށް ހުޅަނގުން އަރައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ މުޖުތަމައުގައި އުތުރު ކޮރެއާ އޮންނަނީ ރަޝިއާއާ އަތާއި އަތް ގުޅުވައި ތަންމިނަށް ދަމާލައިގެން ކަމަށް ވެސް ކިމް ޔޯ ޖޮންގް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އަސްކަރީ އެހީތެރިކަމަށް އެނުދުނު ނަމަވެސް އެކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރޭނަށް ހަނގުރާމަމަތީ ޓޭންކްތައް ފޮނުވަނީ އިހުލާސްތެރިކަމެއް ނެތުމުން ކަމަށް ވެސް ކިމް ޔޯ ޖޮންގް ވިދާޅުވި އެވެ. އެ މީހުން ހަގީގަތުގައި އެ ކުރަނީ ޔުކްރޭނަށް ކޮށްދޭ ހެޔޮކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޔުކްރޭނަށް ހުޅަނގުން ޓޭންކްތައް ފޮނުވުމުން ހަނގުރާމަ ދިގުލައިގެން ދާނެ ކަމަށް ކިމް ޔޯ ޖޮންގް ވިދާޅުވި އެވެ. އިޚުލާސްތެރިކަމެއް އޮތް ނަމަ ޔުކްރޭން ހަނގުރާމަ މިހާރު އޮންނާނީ ނިމިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅަނގުން ފޮނިކަނޑާފައި މެޝިންބަޑިތައް ޔުކްރޭނަށް ފޮނުވި ނަމަވެސް އޮތް ހިތާމަ އަކީ އެ ތަކެތި ގޮސް ޔުކްރޭންގެ ހިކިފަހުގައި ޖެހޭއިރު ރަޝިއާއިން ޓޭންކަރުތައް ދުމަށް އަރުވާލާނެތީ ކަމަށް ކިމް ޔޯ ޖޮންގް ވިދާޅުވި އެވެ.