ސިހުރު ހެދުން

ސިހުރު ހަދާ އަންހެނަކު ދިޔަމިގިލިން ހައްޔަރުކޮށްފި

Jan 26, 2016
1

ތ. ދިޔަމިގިލީގެ ގެއެއް ބަލައިފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރުކުރީ އުމުރުން 69 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ ހައްޔަރު ކުރީ ފުލުސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ގެ ބަލައި ފާސް ކުރި އިރު ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކަކާއި މިކަމާއި ގުޅުންހުރި ގިނަ ޢަދަދެއްގެ ލިޔުންތަކެއް ފެނިފައިވާ ކަމަށާއި އަދި އެ އަންހެން މީހާއަކީ ދިޔަމިގިލީގައި ސިހުރުގެ ކަންކަން އެންމެ ބޮޑަށް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި އަންހެން މީހާއާއި ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއަކާއި ދިޔަމިގިލީގެ އެހެން ގެއެއް ވެސް ފާސްކޮށްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުން ވަނީ އިތުރުވެފަ އެވެ.