ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފައްޔާޒުއާ ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ.
ފައްޔާޒުގެ މިމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖޭއެސްސީ އިން ނިންމީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
މައްސަލަ ބެލުމުގެ ގޮތުން ޖޭއެސްސީ އިން ވަނީ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފަ އެވެ.