ހައިކޯޓް

ގާޒީ ޝަކީލްއާ އެކު ހައިކޯޓުގެ ފަނޑިޔާރުކަމަށް ހަތަރު ބޭފުޅުން

Jan 30, 2023

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާ އެކު ހަތަރު ބޭފުޅަކު މި މަގާމަށް ކުރިމަތިލައްވައިފި އެވެ. މި މަގާމަށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ވެސް ކުރިމަތިލެއްވި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީ މިމަހުގެ 16 ވަނަ ދުވަހު ފުރުސަތު ހުޅުވާލީ މިއަދުގެ ނިޔަލަށެވެ.

ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އަހްމަދު ޝަކީލް، ސިޔާމާމަންޒިލް، އއ. ފެރިދޫ
  • މުހައްމަދު ޝަނީޒް އަބްދުﷲ، ހަނދުވަރީނާޒް، ގދ.ގަ އްދޫ
  • ހުސައިން ޝަކީބް، ހުޅުމާލެ، ދޮޅަސް، މާލެ
  • މަރިޔަމް ވަހީދު، ބެލޫން، ސ.ފޭދޫ

ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ ނުވަ ފަނޑިޔާރުންނެވެ. ހައިކޯޓު ހިންގުމާ މިވަގުތު ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.