މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކ.، ވ. އާއި އއ. އަދި އދ. އަތޮޅު ހިމެނޭ ސަރަހައްދުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 73 އަހަރުގެ ފިރިހެނެކެވެ.

މި މީހާ ހައްޔަރުކުރީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގަ އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ވެސް ރޭގެ ވަގުތެއްގައެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން އަބަދުވެސް ބުނަމުންނެވެ.