ފިނިޕޭޖް

އެބިގޭލް ބްރެސްލިން ކައިވެނިކޮށްފި

އުމުރުން 26 އަހަރުގެ އެބިގޭލް ބްރެސްލިން އޭނާގެ ގިނަ ދުވަސްވީ ލޯބިވެރިޔާ އައިރާ ކުންޔަސްކީއާ ކައިވެނިކޮށްފި އެވެ.

އެބިގޭލް މި ހަބަރު އިންސްތަގްރާމްގައި ހިއްސާކޮށްފައިވަނީ އޭނާގެ އެންގޭޖްމަންޓް ރިންގާއި ވެޑިން ބޭންޑްގެ ފޮޓޯއަކާއެކު ގައެވެ.

އޭގެ ފަހުން ހިއްސާކުރި ފޮޓޯއެއްގައި ފެންނަނީ ކައިވެނީގެ ހަފްލާގައި އެ ދެމަފިރިން ނަށާތަނެވެ. އަދި މިމަހުގެ 28ގައި އޭނާގެ ބެސްޓަސްޓް ފްރެންޑާ ކައިވެނިކުރިމަށާއި އިތުރު ފޮޓޯތަކާއި ހެދުމުގެ އަދި އެހެން ތަފްސީލް އަދި އަންނާނެ ކަމަށް އެ ޕޯސްޓްގައި ލިޔެފައިވެ އެވެ.

އެބިގޭލްގެ ހެދުމަކީ ސިމިން ކުޓުއާގެ ހެދުމެއް ކަމަށާއި އެއީ ހުދުކުލައިގެ އޮފް-ދަ-ޝޯލްޑާ، ލޭސް އެޕްލިކޭ އާއި ބީޑިންގެ އިތުރުން ޝިއާ ކޭޕްއެއް އެކުލެވިގެންވާ ހެދުމެއް ކަމަށް ޕޭޖްސިކްސް އިން ރިޕޯޓްކޮށްފައިވެ އެވެ.

މި ދެ ލޯބިވެރިން އެންގޭޖްވީ ވާހަކަ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެބިގޭލް ބްރެސްލިން އަކީ ކުޑަ އިރުއްސުރެއް އެކްޓްކުރަމުން އައި އޮސްކާ-ނޮމިނޭޓަޑް އެކްޓްރަސް އެކެވެ. މިގޮތުން "ސައިންސް"، "ލިޓްލް މިސް ސަންޝައިން"، "ނޯ ރިޒަވޭޝަންސް"، "މައި ސިސްޓާސް ކީޕާ"، "ޒޮމްބީލޭންޑް" އަދި ސްޓިލް ވޯޓާ" ފަދަ ފިލްމް އެބިގޭލް ކުޅެފައިވެ އެވެ. ޔޫކްރޭނަށް އުފަންވި އައިރާ އަކީ ކްރިޕްޓޯ ކަރަންސީ އިންވެސްޓަރެކެވެ.