ފިނިޕޭޖް

"މާޑާ މިސްޓްރީ 2"ގެ ޓްރޭލާ ނެރެފި

އެޑަމް ސޭންޑްލާ އާއި ޖެނިފާ އެނިސްޓަންގެ "މާޑާ މިސްޓްރީ"ގެ ސިކުއެލްގެ ޓްރޭލާ ނެރެފި އެވެ.

މި ފަހަރުގެ ލޮކޭޝަނަކީ ފްރާންސްގެ ޕެރިސް އެވެ. އަދި ފުރަތަމަ ފިލްމް ހާ ހެއްވާ އަދި މިސްޓީރިއަސް ވާނެ ކަމަށް ގަބޫލުކުރެވެ އެވެ.

"މާޑާ މިސްޓްރީ 2"ގައި ފެންނާނީ ފުރަތަމަ ފިލްމުގެ ހަތަރު އަހަރު ފަހުން، ނިކް އާއި އޯޑްރީ ސްޕިޓްޒް ފުލް-ޓައިމް ޑިޓެކްޓިވްސްގެ ގޮތުގައި އެމީހުންގެ ޕްރައިވެޓް އައި އޭޖެންސީ ލޯންޗްކުރަން އުޅޭ ތަނެވެ.

ކުރީގެ ފިލްމުން ރަހްމަތްތެރިވި މަހާރާޖާ މި ދެމަފިރިންނަށް ޕްރައިވެޓް އައިލެންޑްގައި އޮންނަ ކައިވެންޏަކަށް ދައުވަތު ދެއެވެ.

ކައިވެނީގެ ހަފްލާތައް ފެށުމާއެކު، ކައިވެނިކުރަން އުޅޭ މަހާރާޖާ ކިޑްނެޕްކޮށް، އޭނާގެ ބަދަލުގައި ފައިސާ ދިނުމަށް އަންގަ އެވެ. ނިކް އާއި އޯޑްރީ އެ ކިޑްނެޕިންގެ މިސްޓްރީ ހައްލުކުރުމަށް އުޅުމުގައި ކަންކުރާ ގޮތުން ކައިވެނި ޕާޓީގައި ހިމެނޭ އެންމެންނަށް ކަންތައްތަކެއްގައި ޝައްކު ކުރެވެ އެވެ.

އެޑަމް އާއި ޖެނިފާގެ އިތުރުން މި ފިލްމުގައި މާކް ސްޓްރޯން، ޖޯޑީ ޓާނާ-ސްމިތް، މެލަނީ ލޯރެންޓް، އަދީލް އަޚްތަރު، ޖޯން ކާނީ، ކޫހޫ ވަރްމާ، ޓޯނީ ގޯލްޑްވީން ފަދަ ތަރިން ހިމެނެ އެވެ.

މިފިލްމްގެ ސްކްރިޕްޓް ޖޭމްސް ވެންޑަބިލްޓް ލިޔުނުއިރު، މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ "ދަ ބްރޭކް އަޕް"، "ދަ ހޭންއޯވާ"، "ދަ ވެޑިން ރިންގާ" ފަދަ ކޮމެޑީޒްގެ ޑައިރެކްޓާ ޖެރެމީ ގެރެލިކް އެވެ.

"މާޑާ މިސްޓްރީ 2" ނެޓްފްލިކްސް އިން ރިލީޒްކުރާނީ 31 މާޗް 2023 ގައެވެ.