އީޕީއޭ

ބާދަގަނޑުތަކެއް ބަރުކޮށްފައި ހުރި ބޯޓެއް ފަރަށް އަރައިފި

Jan 31, 2023
2

ދަގަނޑުތަކެއް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ތިލަފުށި ކުޑަފަރަށް އަރައިފި އެވެ.

އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ ދަގަނޑުތަކެއް ހުރި ބޯޓެއް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިވަގުތު އިތުރު ކަމެއް ހިއްސާކޮށްލަން ދަތި. އަޅުގަނޑުމެންވެސް މިދަނީ އެކަމުގެ މައުލޫމާތު އެއްކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ޓްވިޓާގައި މިމައްސަލަ ފެންމަތި ކުރި މީހާ ބުނެފައިވަނީ ފަރަށް އަރާފައިވަނީ "އެމްއެސްވީ އެމްއެސް ރިޔަނަ" ނަމަކަށް އިންޑިއާގެ ބޯޓެއް ކަމަށާއި ބޯޓު ފަރަށް އަރާފައިވާތާ ވަރަށް ގިނައިރުވެފައިވާ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު ރާއްޖެ އަންނަނީ މޭވާއާއި ތަރުކާރީ ހިފައިގެންނެވެ. ނަމަވެސް ރާއްޖެއިން ދަނީ ބާދަގަނޑު ބަރުކޮށްގެންނެވެ.

ބޯޓެއް ފަރަށް އަރައިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަކަށް ދިވެހި ސިފައިންގެ ކޯސްޓްގާޑަކުން އަދި ބުނެފައެއް ނުވެ އެވެ.