އެމްއެންޑީއެފް

މާލެ އާއި ހުޅުމާލޭގައި ހަތިޔާރާއެކު ސިފައިން ތަމްރީނަށް ނިކުންނަނީ

Jan 31, 2023

ހަތިޔާރާ އެކު މާލެ ސަރަހައްދުގައި އަސްކަރީ ތަމްްރީނެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެކެވެ.

މާދަމާ އިން ފެށިގެން ފެބްރުއަރީ ނުވަވަނަ ދުވަހުގެ ނިޔަލަށް ތަމްރީންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މާލެ އަދި ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި ތަންތަނުގަ އެވެެ.

"މިރަކާތްތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާނެ ކަމުގައިވެސް ދެންނެވީމެވެ." އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

ސިފައިން ކުރިއަށް ގެންދާ މި ތަމްރީންތަކަކީ ކޮން ކަމަކާ ގުޅޭ ތަމްރީންތަކެއް ކަމެއް ސިފައިންގެއިން ބުނެފައެއް ނުވެ އެވެ.