ފިނިޕޭޖް

ކެމަރަން ޑިއާޒް އަނބުރާ ހޮލީވުޑަށް

ކެމެރަން ޑިއާޒްގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ކެމެރަން އަލުން ހޮލީވުޑަށް އަންނަނީ އެވެ

އެކްޓްރެސް ކެމަރަން ޑިއާޒް ވަނީ މީގެ އަށް އަހަރު ކުރިން އެކްޓިން އިން ދުރުވެފަ އެވެ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ މީޑިއާގެ ސަމާލުކަމުން ދުރުވެ، އޭނާއަށާއި އާއިލާއަށް ސަމާލުކަން ދިނުމެވެ.

ކެމެރަން އެންމެ ފަހުން ކުޅެފައިވަނީ މިއުޒިކަލް "އެނީ"ގެ ފިލްމް އެޑަޕްޓޭޝަން އެވެ.

މި ފިލްމްގައި އޮސްކާ އެވޯޑް ލިބިފައިވާ ޖޭމީ ފޮކްސްގެ އިތުރުން ރޯޒް ބަޔާން، ބޮބީ ކާނަވާލް، ކުވެންޒަނޭ ވޯލިސް، ޑޭވިޑް ޒަޔާސް އަދި އަޑެވާލި އަކިނޯޔެ-އަބާޖޭ ހިމެނެ އެވެ.

ކެމަރަން ވަނީ ޖޭމީއާ އެކު 1999 ގައި "އެނީ ގިވަން ސަންޑޭ" ވެސް ކުޅެފަ އެވެ.

ކެމެރަންގެ ކުރިއަށް އޮތް ފިލްމަކީ ވެސް ޖޭމީ ފޮކްސް އާއެކު ކުޅޭ، ނެޓްފްލިކްސްގެ "ބެކް އިން އެކްޝަން" ކިޔާ ފިލްމެކެވެ. މިފިލްމްގައި ގްލެން ކްލޯޒް އާއި ކައިލް ޗެންޑްލާވެސް ހިމެނެއެވެ.
"ބެކް އިން އެކްޝަން" ޑައިރެކްޓްކުރާނީ "ހޮރިބަލް ބޮސަސް" ގެ ޑައިރެކްޓާ ސެތް ގޯޑަންއެވެ. އަދި މިފިލްމްގެ ސްކްރިޕްޓް ލިޔެފައިވަނީ ސެތް އާއި ބްރެންޑަން އޯ'ބްރާޔަންއެވެ.
މި އެކްޝަން ކޮމެޑީގެ ތަފްސީލް އާއި ރިލީޒްކުރާ ތާރިހް އަދި ހާމަކޮށްފައިނުވެއެވެ.

"ދަ މާސްކް" އިން މަޝްހޫރުވި ކެމަރަން ޑިއާޒްއަކީ ކޮމެޑީ، ރޮމޭންޓިކް ކޮމެޑީ އަދި ޑްރާމާ ޖޮންރާގެ ފިލްމް ކުޅޭ އެކްޓްރެސްއެކެވެ. ކެމަރަންގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "މައި ބެސްޓް ފްރެންޑްސް ވެޑިންގ"، "ދެއާސް ސަމްތިންގ އަބައުޓް މޭރީ"، "ބީންގ ޖޯން މެލްކޮވިޗް"، "ގޭންގްސް އޮފް ނިއު ޔޯކް"، "ދަ ސްވީޓަސްޓް ތިންގ"، "ޝްރެކް" ގެ ފިލްމްތައް، "ޗާލީޒް އޭންޖަލްސް" ގެ ދެ ފިލްމް، "ދަ ހޮލިޑޭ"، "ބޭޑް ޓީޗާ"، "ދި އަދާ ވުމަން" އަދި "ނައިޓް އެންޑް ޑޭ" ހިމެނެއެވެ.