ފިނިޕޭޖް

އެމެޒޯން ޕްރައިމް އިން "ދަ ޕަވާ"ގެ ޓްރޭލާ ނެރެފި

އެމެޒޯން ސްޓޫޑިއޯޒް އިން ނެރޭ ޕްރައިމް ވީޑިއޯ ސީރީޒް، "ދަ ޕަވާ"ގެ ޓްރޭލާ ނެރެފި އެވެ.

މި ޓްރޭލާ އިން ފެންނަނީ ޓީނޭޖް އަންހެން ކުދިންތަކެއް ކޮލާބޯންއަށް އިހްސާސްވާ ކުޑަ ޝޮކަކުން ފެށިގެން ކުއްލިއަކަށް މީހުން ގަޔަށް ބޭނުން އިރަކު ކަރަންޓު ޝޮކްދޭ ފަދަ ބާރު ލިބޭ ތަނެވެ. އަދި މި ކުދިންނަށް ދޮށީ އަންހެނުންނަށްވެސް މި ބާރު ދެވޭކަން ދެނެގަނެ، ދުވަސްކޮޅަކުން ހުރިހާ އަންހެނުންގެ މި ބާރު ހުރެ އެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ އޯޑަރު ގެއްލެ އެވެ. މޭޔާ މާގޯ ކްލިއަރީ-ލޮޕޭޒް އެއަށް ކިޔަނީ އެވޮލިއުޝަން އެވެ. މިއީ ތަފާތު ސީރީޒަކަށް ވެގެންދާނެ ކަމަށް ބެލެވޭ ސީރީޒެކެވެ.

"ދަ ޕަވާ" އަކީ 2016ގައި ނެއޯމީ އޯލްޑަމަން ނެރުނު ވާހަކަ ފޮތަށް ބިނާކޮށްފައިވާ ސީރީޒެކެވެ. އަދި ފުރަތަމަ ސީޒަނުގައި 10 އެޕިސޯޑް ހިމެނެ އެވެ.

މި ސީރީޒްގެ ކާސްޓްގެ ތެރޭގައި އިނގިރޭސި ވިލާތް، އެމެރިކާ، ނައިޖީރިއާ، އޭޝިއާ އަދި އިރުމަތީ ޔޫރަޕްގެ ދަރިކޮޅު ހިމެނެ އެވެ.

މީގެތެރޭގައި ޓޯނީ ކޮލެޓް، ޖޯން ލެގުއިޒާމޯ، އޯލިލް ކްރެވާލޯ، ތޯހީބް ޖިމޯ، ރިއާ ޒްމިޓްރޮވިކްޒް، ހޭލީ ބުޝް، ނީކޯ ހިރާގާ އާއި ގިނަ ތަރިންތަކެއް ހިމެނެ އެވެ.

"ދަ ޕަވާ" އެމެޒޯން ޕްރައިމް އިން ސްޓްރީމްކުރަން ފަށާނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.